2 ރަށެއްގެ ސްކޫލަށް ޖާގަ އިތުރުކުރުމުގެ ގޮތުން 10 ކްލާސްރޫމް އެޅުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން އެމް.އެސް.ބީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.ދ. އަތޮޅު މަދަރަސާ އާއި ށ.އަތޮޅު ތައުލީމީ މަރުކަޒުގައި ކްލާސްރޫމް އެޅުން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއީލް އެވެ. އެމް.އެސް.ބީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ނަސީރެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު އިބްރާހީމް އިސްމާއީލް ވިދާޅުވީ، ދ. އަތޮޅު މަދަރުސާއަށް އިތުރުކުރަނީ 6 ކްލާސްރޫމް ކަމަށާއި ށ. އަތޮޅު ތައުލީމީ މަރުކަޒަށް އިތުރުކުރަނީ 4 ކްލާސްރޫމް ކަމަށެވެ. އަދި ށ.އަތޮޅު ތައުލީމީ މަރުކަޒަށް 3.4 މިލިއަން ރުފިޔާ ހަރަދުވާއިރު ދ. އަތޮޅު މަދަރުސާއަށް 4.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ. މި 2 ސްކޫލުގެ މަސައްކަތް މިއަހަރު ނިންމާ އަންނަ އަހަރު ފެށެންވާއިރަށް އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލުކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކުރަންޖެހޭކަމަށް އެއްބަސްވުމުގައި ވެއެވެ. މި 2 ސްކޫލުގައިވެސް ކްލާސް ރޫމް އިތުރުކުރަނީ ވޯލްޑް ބޭންކުގެ ލޯނު އެހީގެދަށުންނެވެ.