ޚަބަރު

ޑޮކްޓަރުކަން ކިޔެވުމަށް 4 ސްކޮލަރޝިޕެއް ހުޅުވާލައިފި


އިންޑިއަން ޓެކްނިކަލް އެންޑް
އިކޮނޮމިކް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން، އިންޑިއާގައި އެމް.ބީ.ބީ.އެސްއަށް
ކިޔެވުމުގެ 4 ފުރުޞަތު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ހުޅުއްވާލައިފިއެވެ.


ހަޔަރ އެޑިއުކޭޝަނުން މި
ސްކޮލަރޝިޕްތައް އިއުލާންކުރެއްވީ އައިޓެކް އައިޖީއެމްއެޗް ސްކީމްގެ ނަމުގައެވެ. މި ސްކޮލަރޝިޕްގެ ދަށުން ދެކޮޅު
ޓިކެޓް ފިޔަވައި ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ އައިޓެކްގެ ފަރާތުންނެވެ.
ދެކޮޅު ޓިކެޓް ދެއްވުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން ކަމަށް
ހަޔަރ އެޑިއުކޭޝަން ޑިޕާޓްމަންޓުން މަޢުލޫމާތުދެއްވައެވެ.  

ބެޗްލާސް ޑިގްރީ ފެންވަރުގެ
މި ސްކޮލަރޝިޕަށް ޝަރުތު ހަމަވާ ފަރާތްތަކަށް، ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު މި
މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުއްވާލައްވާފައެވެ. ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމުގެ
ގޮތުން އޭޑީކޭއިން ވެސް ވަނީ ޑޮކްޓަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުއްވާލައްވާފައެވެ.