ކުޅިވަރު

ޓީ20 ޕްރިމިއާ ލީގު: ވަރުގަދަ ހަތަރު ޓީމަށްވެސް ފެށުން ރަނގަޅު


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޓީ20 ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުތައް މާލޭ ވެޓެރަންސް އާއި، ކުލަބު ވިޔަންސާ އާއި، މާލޭ ސްޕޯޓްސް އަދި މިލާން ކްރިކެޓް އެކެޑަމީ ކާމިޔާބުކޮށްފިއެވެ.

ނިމިދިޔަ ހަފުތާ ބަންދުގައި ފެށި މުބާރާތުގައި ހުކުރު ދުވަހުގެ ހެނދުނު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މާލޭ ވެޓަރަންސް އާއި ކޮމެޓްސް ސްޕޯޓްސް ކުލަބެވެ. މެޗުގެ ޓޮސް ދިމާވުމުން މާލޭ ވެޓަރަންސް ގަސްތުކުރީ ކުޅެން އެރުމަށެވެ. އެ ޓީމު ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 105 ލަނޑު ހަދާފައެވެ. ޖަވާބުގައި ކޮމެޓްސް ކުޅެންއަރާ 13 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 108 ލަނޑެވެ.

ދެވަނަ މެޗު ވިޔަންސާ ކާމިޔާބުކޮށްފައި ވަނީ އޮއްފު އެފްސީ އާއި ވާދަކޮށް 26 ލަނޑުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ވިޔަންސާ ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން 157 ލަނޑު ވަނީ ހަދާފައެވެ. ޖަވާބުގައި އޮއްފު އެފްސީން ކުޅެން އަރައި 19.5 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 131 ލަނޑެވެ.

ތިންވަނަ މެޗު މާލޭ ސްޕޯޓްސް ކާމިޔާބުކުރި އިރު އެ ޓީމުން ވަނީ މެޗުގެ ޓޮސް ދިމާވުމުން ބެޓް ކުރަން އަރައި 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 206 ހަދާފައެވެ. ވެސްޓް ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ޖަވާބުގައި ކުޅެންއަރާ 18.5 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން 82 ލަނޑު ހަދާފައެވެ.

މަޝްހޫރު މިލާން ކްރިކެޓް އެކަޑަމީން ކުޅުނު މެޗު ކާމިޔާބުކޮށްފަިއ ވަނީ އައިޒީއާ ވާދަކޮށްގެންނެވެ. މެޗު މިލާނުން ކުޅެ އަރާ 20 އޯވަރުގެ ތެރޭގައި ތިން ވިކެޓަށް 173 ލަނޑު ހެދިއެވެ. ޖަވާބުގައި އައިޒީން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި އެއް ކުރެވުނީ 134 ލަނޑެވެ.

މުބާރާތުގެ މެޗުތަށް އެންމެ އަވަހަށްވެސް ދެން އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގައެވެ. އެ ދުވަހު ހެނދުނު ކުޅޭ މެޗުގައި ސީބީއެލް އާއި ނިއު ސްޓާ ބައްދަލުކުރާއިރު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާލެ ވެޓެރަންސް އާއި އޮއްފު އެފްސީ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު ބުރަށްފަހު އެއްވަނައިގައި އޮންނަ ޓީމަކަށެވެ. އަދި މި މުބާރާތުން އެންމެ ގަދަ ހަތަރު ޓީމު ޓީ20 ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނެއެވެ.