ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ނޯތު މާލޭ ޒޯނުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުން ބަރޮހާއި ޕަޓީނާ މޮޅުވެއްޖެއެވެ.
ބަރޮސް ކުޅުނު މެޗު ކާމިޔާބުކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ޖުމެއިރާ އޮޅަހަލި އައިލެންޑާ ވާދަކޮށް 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަރޮސް ޓީމުގެ ހުސެއިން ވިފާގެވެ.
ދެވަނަ މެޗު ޕަޓީނާ ކާމިޔާބުކޮށްފައި ވަނީ އޮބްލޫ ހެލެނގެލި އަތުން 3-1 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕަޓީނާގެ އިބްރާހީމް އަފްލާހެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތަށް ނިމުމަކާއި ގާތްވަމުން އަންނައިރު ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ޓީމު ކުއާޓާ ފައިނަލަށް ދާއިރު، ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ނޮކައުޓް ބުރެއް ކުރިއަށްދާނެއެވެ.
ނޯތު މާލޭ ޒޯނުގެ ކުޅުން ކުރިއަށްދަނީ ޖުމްލަ 12 ޓީމާއެކު ވަން އެންޑް އޮންލީ ރީތި ރަށުގައެވެ. މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ރީތިރަށާއި، ކުރުނބާ އަދި ހުވަފެންފުއްޓެވެ. ގިލި ލަންކަންފުއްޓާއި ރިޓްޒް ކާލްޓަންގެ އިތުރުން ވަރު މޯލްޑިވްސް ގްރޫޕް ބީގައި ހިމެނޭއިރު، ގްރޫޕް ސީގައި ހިމެނެނީ ފޯ ސީޒަންސް އާއި، ޝެރަޓަން އަދި ސަންގެލިއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ޕަޓީނާ އާއި، ބަރޮސް އަދި ހެލެގެލި އަދި ޖުމެއިރާއެވެ.
މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 29 ވަނަ ދުވަހެވެ.