ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ނޯތު މާލޭ ޒޯނުގެ ގްރޫޕް ބީގައި ރިޓްޒް ކާލްޓަން ފުރަތަމަ މޮޅު ހޯދިއިރު، އޮބްލޫ ސެލެކްޓް ސަންގެލިން ފެށުން ރަނގަޅުކޮށްފިއެވެ.
މުބާރާތުގައި ހުކުރުދުވަހު ކުޅުނު ފުރަތަމަ މެޗު ރިޓްޒް ކާލްޓަން މޮޅުވީ ވަރު މޯލްޑިވްސް އަތުން 3-2 ގެ ނަތީޖާއަކުންނެވެ. މިއީ ތިން ޓީމު ހިމެނޭ ގްރޫޕުގައި ރިޓްޒް ކާލްޓަންގެ ފުރަތަމަ މޮޅެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވަނީ ގިލި ލަންކަންފުށި އަތުން 4-3 އިން ބަލިވެފައެވެ.
ގްރޫޕް ސީ ގައި ހިމެނޭ ސަންގެލި ކުޅުނު ފުރަތަމަ މެޗުން މޮޅުވީ ޝެރަޓަން އަތުން 4-3 ގެ ނަތީޖާއަކުންނެވެ. މިއީ ޝެރަޓަންގެ ފުރަތަމަ ބައްޔެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުގައި ފޯ ސީޒަންސް 5-2 އިން ބަލިކޮށްފައެވެ.
ނޯތު މާލޭ ޒޯނުގެ ކުޅުން ކުރިއަށްދަނީ ޖުމްލަ 12 ޓީމާއެކުއެވެ. ޖުމްލަ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ކޮންމެ ގްރޫޕަކުން އެއްވަނަ ޓީމު ކުއާޓާ ފައިނަލަށް ދާއިރު، ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ނޮކައުޓް ބުރެއް ކުރިއަށްދާނެއެވެ.
މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 29 ވަނަ ދުވަހެވެ.