ކުޅިވަރު

ޗެލްސީން ޓުކެލްގެ އެއްބަސްވުން އާކުރަނީ


އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީގެ ކޯޗު ތޯމަސް ޓުކެލްގެ އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް އެ ކުލަބުން ފަށައިފިއެވެ.

ޓުކެލް ޗެލްސީ އާއި އެކު މިހާރު ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރަރުގެ ސީޒަނާއެކު ނިމޭނެއެވެ.

ޖަރުމަނުވިލާތަށް ނިސްބަތްވާ ޓުކެލް ޗެލްސީއާއެކު އެންމެ ފުރަތަމަ ހަދަފައިވަނީ 18 މަސް ދުވަހުގެ އެއްބަސްވުމެކެވެ. ނަމަވެސް 2021 ވަނަ އަހަރު ޗެލްސީއަށް ޗެމްޕިއަންސް ލީގު ހޯދާ ދިނުމަށްފަހު އޭނާ ވަނީ އެގްރީމަންޓް އާކޮށްފައެވެ.
ޓުކެލް ހާމަކުރިގޮތުގައި އޭނާގެ ފަރާތުން މަޝްވަރާ ކުރާ ފަރަތްތަކުން ކްލަބްގެ ވެރިންނާއި ވާހަކަ ދައްކާ ނިންމަންޖެހޭ ކަންތައްތައް ނިންމާނެކަމަށެވެ. އަދި އޭނާއަށް ޗެލްސީގެ ކޯޗްކަން ކުރަން ލިބުމަކީ ކިހާ ބޮޑު އުފަލެއް ލިބޭ ކަމެއް ކަން އެންމެންނަށްވެސް އެނގޭނެ ކަމަށާއި އޭނާ ޗެލްސީގައި ހުރީ ހިތްހަމަ ޖެހިގެންކަމަށެވެ. ނަމަވެސް ކްލަބް އަލުން ކޮޅަށް ޖަހާ ކްލަބަށް އާ ކުޅުންތެރިން ގެނައުމުގެ މަރްހަލާ އެއްކޮށް ނުނިމެނީސް އޭނާގެ ކޮންޓްރެކްޓްގެ ވާހަކަ ދައްކަން ބޭނުން ނުވާކަމަށެވެ.

ޗެލްސީ އެންމެފަހުން ޓޮޓްނަމް ހޮޓްސްޕަރ އާއި އެކު ކުޅުނު މެޗް ނިމުނު ތަނާ ދެޓީމްގެ ކޯޗުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ސަބަބުން ދެކޯޗުންނަށްވެސް ރަތް ކަޑު ދެއްކި ނަމަވެސް މާދަމާ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗްގައި ބެންޗްގައި އިނުމުގެ ފުރުސަތު ޓުކެލްއަށް ލިބިގެންދާނެކަމަށްވެއެވެ. އަދި ސްޕަރސް މެޗްގައި ސްޕަރސްއިން ޖެހި ދެވަނަ ލަނޑުގެ ކުޑަވަގުތު ކޮޅެއް ކުރިން ހިނގި ފައުލްއެއް ފާހަގަ ކުރުމުގައި އޮޅިފައިވާކަމަށް އެމެޗްގެ ވީއޭއާރު ރެފްރީ މައިކް ޑީން ހާމަކުރި ނަމަވެސް އެކަމާއި މާބޮޑަށް ހިތްހަމަ ނުޖެހޭކަމަށް ޓުކެލް ހާމަކުރިއެވެ. އޭނާ ހާމަކުރިގޮތުގައި މުޅި ދުނިޔެއަށް ފާޅުކޮށް ފެނިގެންދިޔަ ފައުލް ވީއޭއާރަށް އަޅައިނުގަތުން އެއީ މައްސަލައެއްކަމަށެވެ. އަދި އެވެސް މިހާ މުހިންމު ބޮޑު މެޗެއްގައި ވުމުން ގަބޫލް ނުކުރެވޭނެކަމަށްވެސް ޓުކެލް ހާމަކުރިއެވެ.