ޚަބަރު

ސަރުކާރުގެ ދަޢުވަތަކަށް ސީމެގުގެ ވަފުދެއް ރާއްޖެ އަންނަނީ


ސަރުކާރުގެ ދަޢުވަތަކަށް ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް "ސީމެގު"ގެ ވަފުދެއް ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.ރާއްޖޭގައި ކަންކަން ކުރިއަށްގެންދާ ގޮތް، ވަރަށް ރަނގަޅަށް، އިންސާފްވެރިކޮށް ކޮމަންވެލްތް ވަފުދުގެ ބޭފުޅުން ބައްލަވާނެކަމަށް އުންމީދުކުރައްވާކަމަށް ފޮރިންގ މިނިސްޓަރ ދުންޔާ މައުމޫނު މިއަދު ވަނީ ވިދާޅުވެފައެވެ. މި ވަފުދު ރާއްޖެއަށް ޒިޔާރަތްކުރާނީ މިމަހުގެ ހަޔަކުން އަށަކަށެވެ.ރާއްޖޭގެ ސިޔާސީ މަޝްރަޙު ހަލަބޮލިވާ ކޮންމެ ފަހަރަކު ކޮމަންވެލްތުގެ ބަސްތައް ރާއްޖެއާމެދު އިވެމުންދެއެވެ. މިފަދަ ބަޔާންތައް ނެރެމުން ދަނީ ނުވަތަ ކޮމަލްވެލްތު އެކި ފެންވަރުގެ ބޭފުޅުން އެކި ވާހަކަފުޅުތައް ރާއްޖެއާ ބެހޭގޮތުން ދައްކަވަމުން ގެންދަވަނީ ރާއްޖޭގައި ކަންކަން ކިހާވަރަކަށް ބައްލަވާފައިކަމެއް ސާފެއް ނުވެއެވެ.ރާއްޖޭގައި ކަންކަން ހިނގާ ގޮތް ބެލުމަށް ކޮމަލްވެލްތް މިނިސްޓްރީއަލް އެކްޝަން ގްރޫޕުގެ ވަފުދެއް އައުމަށް ދިވެހި ސަރުކާރުން ދެއްވި ދަޢުވަތު މިވަނީ އެ ގްރޫޕުން ޤަބޫލުކޮށްފައެވެ. އެގޮތުން ދިވެހިސަރުކާރުގެ ދަޢުވަތަކަށް ސީމެގްގެ ވަފުދެއް މިމަހުގެ ހަޔަކުން އަށަކަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.ދިވެހިސަރުކާރުންގެ އުންމީދަކީ މިވަފުދުގެ ބޭފުޅުންގެ މަސައްކަތަކީ ރަނގަޅަށް ކަންކަން ބެލޭ މަސައްކަތަކަށްވުމެވެ. އަދި އެއީ އިންސާފުވެރިކޮށް، ވަރަށް ރަނގަޅަށް ކުރެވޭ ކަމަކަށްވުން. ދިވެހިސަރުކާރުން ބޭނުންފުޅުވަނީ މިގޮތްކަން ރާއްޖޭގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ނޫސްވެރިންނަށް ބައްދަލުކުރައްވައި ވަނީ ސާފުކޮށް ވިދާޅުވެފައެވެ.ފޮރިން މިނިސްޓަރ ހާމަކުރެއްވި ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ސީމެގުގެ މިޝަންގައި އެ ޖަމާޢަތުގެ ވަރަށް އިސް ފަރާތްތަކެއް ހިމެނިވަޑައިގަންނަވައެވެ. މިޒޔާރަތުގައި ރާއްޖޭގެ ވަރަށް އިސްފަރާތްތަކާއި ސީމެގްގެ މިޝަންގެ ބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ވަފުދުގެ ބޭފުޅުން ރާއްޖޭގައި ކުރައްވާ މަޝްވަރާތަކާއި ބައްލަވާ ބެއްލެވުންތަކުގެ އެންމެ މައިގަނޑު ބޭނުމަކަށްވާނީ، މޯލްޓާގައި ބޭއްވުނު "ކޮމަންވެލްތް ހެޑްސް އޮފް ގަވަރމެންޓް" ގެ ބައްދަލުވުގައި ރާއްޖޭގެ ސިޔާސީ މަސްރަޙާ ބެހޭގޮތުންނާއި ސަރުކާރާ ބެހޭގޮތުން ދެކެވުނު ވާހަކަތަކުގެ ޙަޤީޤަތް އޮތީ ކިހިނެއްކަން ދެނެގަތުން ކަމަށް ފޮރިން މިނިސްޓަރ މިއަދު ބަޔާންކުރެއްވިއެވެ.މިނިސްޓަރ ދުންޔާ ވިދާޅުވީ ރާއްޖޭގައި ހިނގާކަންކަމުގެ ޙަޤީޤަތް އޮޅުވާލައިގެން ބައެއް ފަރާތްތަކުން ވާހަކަދެއްކެވުމުން ސީމެގުން މީގެ ކުރިން އެކަންކަމަށް ހެއްލިގެން ނިންމުންތަކެއް ނިންމެވިނަމަވެސް މިފަހަރު ސީމެގްގެ ވަފުދުން އެފަދަކަންކަން ވަރަށް ރަނގަޅަށް ބައްލަވާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ސަރުކާރުން މިފަދަ ކަންކަމުގައި އެފަރާތްތަކުން ބޭނުންވާ މައުލޫމާތު ފޯރުކޮށްދެއްވައި އެއްބާރުލެއްވުން ދެއްވަން ތައްޔާރަތް އޮތްކަމަށްވެސް ފޮރިންގ މިނިސްޓަރ ވިދާޅުވިއެވެ.