ފްރެންޗް ލީގުގެ ޗެމްޕިއަން ޕީއެސްޖީއަށް ކުޅެމުންދިޔަ ޖަރުމަނުގެ ތީލޯ ކޭރާ އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޭރާ ވެސްޓް ހޭމް އަށް ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އުމުރުން 25 އަހަރުގެ މި ކުޅުންތެރިޔާ ޕީއެސްޖީއަށް މީގެ ހަތަރު ކުރިން ސޮއިކުރުމަށްފަހު މިހާތަނަށްވަނީ 128 މެޗް ކުޅެދީފައެވެ. އޭނާ ޕީއެސްޖީއަށް ސޮއިކޮށްފައިވަނީ ޖަރުމަނު ބުންޑަސްލީގާގެ ޝާލްކަރއިން 33 މިލިއަން ޕައުންޑްގެ އަގަކަށެވެ. ކޭރާ ވަނީ ޖަރުމަނު ޤައުމީ ޓީމަށް 22 މެޗް ކުޅެދީފައެވެ. އަދި ވޭތުވެދިޔަ އަހަރެއް ހާ ދުވަހުގެ ތެރޭގައި އޭނާއަކީ ގަވައިދުން ޖަރުމަނު ޓީމްގައި ހިމެނެމުން އަންނަ ކުޅުންތެރިޔެކެވެ.
ވެސްޓް ހޭމް އަށް ސޮއިކުރުމަށްފަހު ކޭރާ ހަމަކުރިގޮތުގައި ޕްރިމިއަރ ލީގަކީ ދުނިޔޭގައި އެންމ ވަރުގަދަ ލީގް ކަމަށާއި އެހެންކަމުން މިލީގުގައި ކުޅުމުގެ ފުރުސަތު ލިބުމުން ހިތްހަމަ ޖެހޭކަމަށެވެ. އަދި އޭނާ ވެސްޓް ހޭމްގެ ކޯޗް ޑެވިޑް މޮއެސް އާއެކު ބޭއްވި މަޝްވަރާ ތަކުގައި އޭނާގެ ދައުރު ވަރަށް ރަނގަޅަށް ސާފުވެފައިވާކަމަށާއި އެހެން ކަމުން އޭނާ ހުރީ ހިތްހަމަ ޖެހިފައިކަމަށް އޭނާ ހާމަކުރިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ކޭރަރ ހޯދުމަށް ވެސްޓް ހޭމްއިން ވަނީ 10 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.