ޚަބަރު

ފާރަ ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފި


ފާރަ ބޭނުންކޮށްގެން ކ. މާފުށީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ދިވެހި 2 ފިރިހެނުންނާއި 19 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ ހޯމަ ދުވަހު ކ. މާފުށީގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 62 ސެލޯފިން ކޮޅު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމެވުމަށް ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ޢުމުރުން 19 އަހަރުގެ 2 މީހުންނަށް 15 ދުވަހުގެ މުއްދަތެއް ކަނޑައަޅުއްވާފައިވާއިރު މި މައްސަލާގައި ހައްޔަރުކޮށްފައިވާ ޢުމުރުން 20 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ކަނޑައަޅުއްވާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.