ކުޅިވަރު

ޒުވާން ޓީމަކީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު - ކޯޗް ރިކީ ހާބަޓް


ރާއްޖޭގެ ޒުވާން ޤައުމީ ޓީމަކީ، ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަޤްބަލް ކަމަށް ޤައުމީ ޓީމުގެ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ.ސައުތު އޭޝިއަން ގޭމްސްއަށް މިއަދު ފުރުމުގެ ކުރިން ކޯޗު ރިކީ ހާބަޓް ދިން ބަސްދީގަތުމުގައި ފާހަގަކުރި އެންމެ މުހިންމު ކަމަކީ ޒުވާން ޓީމްގައި ތިބި ކުޅުންތެރިން މުބާރާތަށް ތައްޔާރުވެފައިވާ މިންވަރެވެ. ކޯޗް ބުނީ ޓީމް އޮތީ ވަރަށް ރަނގަޅަށް މި ގޭމްސްއަށް ތައްޔާރުވެފައިކަމަށެވެ. މުބާރާތުގެ އެންމެ މޮޅު ދެޓީމްގެ ތެރޭގައި ހިމެނުމަކީ ޓީމްގެ އެންމެ ބޮޑު އެއް އަމާޒުކަމަށެވެ. ޚާއްސަކޮށް ސީނިއަރ ބައެއް ކުޅުންތެރިންނާއެކު ތޭވީސް އަހަރުން ދަށުގެ ޓީމްގެ ކުޅުންތެރިން ނިކުންނާނީ، ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަޤްބަލް އެބަ އޮތްކަން ހާމަކުރުމަށްކަމަށެވެ." މި ޓީމްގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކީވެސް އިތުބާރާއެކު ކުޅޭނެ ކުޅުންތެރިން. ޖުމްލަ ގޮތެއްގައި އަހަރެންގެ ވިސްނުންހުރީ މުސްތަޤަބަލަށް ފުޓްބޯޅައިގެ ރަނގަޅު ޖީލެއް އުފެއްދުން. މިޓީމަކީ އެކަން ކުރެވޭނެ ފެންވަރުހުރި ޓީމެއް. މިފަހަރުގެ މުބާރާތުގައި އެކަން ފެނުމަކީ ވަރަށް ބޮޑު އުއްމީދެއް. ޓީމް އޮތީ ގޭމްސްއަށް ވަރަށް ރަނގަޅަށް ތައްޔަރުވެ. " ޤައުމީ ކޯޗް ރިކީ ހާބަޓް ބުނެޏެވެ.ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ހިމެނެނީ އިންޑިއާއާއި ސްރީލަންކާއެވެ. ސައުތު އޭޝިއަން ގޭމްސްގެ ފުރަތަމަ މެޗްގައި ޓީމާއެކު ވިހި ކުޅުންތެރިން އިންޑިޔާއަށްވަނީ ގޮސްފައެވެ.