ދުނިޔޭގެ ވިޔަފާރި

އޯގަސްޓުމަހު ޗައިނާއިން ހަކަތަ އެކްސްޕޯޓުކުރި މިންވަރު އިތުރުވެއްޖެ


އޯގަސްޓު މަހު ޗައިނާއިން ހަކަތަ އެކްސްޕޯޓުކުރި މިންވަރު އިތުރުވެއްޖެއެވެ. މިއީ ބެއިޖިން އިން ޖޫން އަދި ޖުލައި މަހު އިތުރު ކޯޓާތައް ދޫކުރުމަށްފަހު މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ހަކަތަ އެކްސްޕޯޓުކޮށްފައިވާ މަހެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ރިފައިންޑް ތެޔޮ އުފައްދާ ޗައިނާއިން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު އިތުރުވުމުން މެއި އަދި ޖޫން މަހު ރެކޯޑް މިންވަރަކަށް އުފުލިފައިވާ ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ވަނީ އެހީއަކަށްވެފައެވެ.

އޯގަސްޓްމަހު ހަކަތަ އެކްސްޕޯޓުކުރި މިންވަރު އިތުރުވެފައިވާ ނަމަވެސް، މިއަހަރުގެ ޝިޕްމެންޓްތައް މީގެ 7 އަހަރުކުރިން މިންވަރަށް ދަށްވާނެކަމަށް ޗައިނާއިން ބުނެއެވެ.

އެތެރޭގެ އިންފްލޭޝަން ކޮންޓްރޯލްކުރުމަށް ބެއިޖިން އިން ވަނީ އެތެރޭގެ މާކެޓްތަކަށް އިސްކަންދީފައެވެ. މި އަހަރަށް ޑީސަލް، ގޭސް އަދި ޖެޓް ފިއުލް އެކްސްޕޯޓްކުރާ މިންވަރު 2021 ވަނަ އަހަރާ އަޅާބަލާއިރު %40 ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެއް އިރެއްގައި އޭޝިއާގެ އެންމެ ގިނައިން ގޭސް އެކްސްޕޯޓުކުރާ އަދި ޑީސަލް ސަޕްލައިގެ މުހިންމު ގައުމެއްކަމަށްވާ ޗައިނާއިން އެކްސްޕޯޓުކުރާ މިންވަރު ދަށްވެއްޖެނަމަ، ތެޔޮ އިމްޕޯޓުކުރާ ފަރާތްތަކުން ބަރޯސާވާން ޖެހޭނީ ދެކުނު ކޮރެއާ އާއި އިންޑިއާ އަދި މެދުއިރުމައްޗަށް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

މިހާތަނަށް ޗައިނާ ސްކޭލް ބެކް މޯޑެއްގައި އޮތުމަކީ އޭޝިއާގެ އެހެން ސަރަހައްދުތަކާއި މެދުއިރުމަތީގެ އެކްސްޕޯޓް އޮރިއެންޓެޑް ރިފައިނަރުންނަށް ޔޫރަޕާއި އެމެރިކާއަށް މަދުވާ ސަޕްލައި ކުރުމަށް ލިބޭ ފުރުސަތެއްކަމަށް ކޮންސަލްޓެންސީ ރިސްޓަޑް އެނާޖީގެ ޑައުންސްޓްރީމް އެންޑް އޮއިލް ޓްރޭޑިންގްގެ ވެރިޔާ މުކޭޝް ސާދަވް ވިދާޅުވިއެވެ.

ޗައިނާއިން ބޭރުގައި ތިބި އޭޝިއާގެ ރިފައިނަރުން މިއަހަރު ކްރޫޑް ތްރޫޕުޓް %10 އާއި %15 އާއި ދެމެދުގެ އަދަދަކަށް މަތިކުރާނެ ކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެއެވެ.