ކުޅިވަރު

ޗެލްސީ އާއި ޓޮޓްނަމް އެއްވަރުވިއިރު، ދެ ކޯޗުންނަށް ރަތް ކާޑު


މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ލަންޑަން ޑާބީ މެޗުގައި ޗެލްސީ އާއި ޓޮޓްނަމް ހޮޓްސްޕާ އެއްވަރުވެއްޖެއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޗެލްސީންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަލިދޫ ކުލިބާލީއެވެ. އެކަމަކު މެޗުގެ 68 ވަނަ މިނެޓްގައި ޓޮޓްނަމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕިއޭ-އެމީލް ހޮއިބާގެވެ.

މި ލަނޑު ޖެހުމާއެކު ދެ ޓީމުގެ ކޯޗުންގެ މެދުގައި ހިނގި ހަމަނުޖެހުމަކާއެކު, ދެ ޓީމުގެ ބެންޗުގެ މެދުގައި ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގިތަން ފެނިގެންދިޔައެވެ. ނަތިޖާ އަކަށް ވެގެންދިޔައީ ޗެލްސީގެ ކޯޗު ތޯމަސް ޓުކެލް އާއި ޓޮޓްނަމުގެ ކޯޗް އެންޓޯނިއޯ ކޮންޓޭއަށް ރިނދޫ ކާޑެއް ދެއްކުމެވެ.

ޓޮޓްނަމުން އެއްވަރުކުރިތާ ނުވަ މިނެޓު ފަހުން ޗެލްސީން ވަނީ އަނެއްކާވެސް މެޗުގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހަދިނީ ރީސް ޖޭމްސްއެވެ. މިނަތީޖާގައި އޮވެގެން މެޗް ނިމެން ދަނިކޮށް ޓޮޓްނަމަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ hަވަނަ މިނެޓްގައި ހެރީ ކޭންއެވެ.

މި ލަނޑާއެކު މި މެޗް އެއްވަރުވެގެން ނިމުނުއިރު، މެޗަށްފަހު ދެ ޓީމުގެ ކޯޗުން ސަލާމް ކުރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުން އިތުރަށް ގޯސްވެ, ދެކޯޗުންނަށްވެސް ރެފުރީ ވަނީރަތް ކާޑު ދައްކާފައެވެ.

މި މެޗު އެއްވަރުވުމާއެކު މި ދެ ޓީމަށް މިހާރު ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ޓޮޓްނަމް ހަތަރުވަނައިގައި އުޅޭއިރު ޗެލްސީ އުޅެނީ ހަތްވަނައިގައެވެ.