ޚަބަރު

ސޫދާނުގެ މަސްވެރިކަމާއި ބެހޭ ވަޒީރު ރާއްޖެ ވަޑައިގެންފި


ސޫދާނުގެ މަސްވެރިކަމާއި ބެހޭ ވަޒީރު މޫސާ ތިބިން މޫސާ ރާއްޖެ ވަޑައިގެންފިއެވެ.ސޫދާނުގެ މަސްވެރިކަމާއި ބެހޭ ވަޒީރަށް އިބްރާހިމް ނާސިރް އިންޓަރ ނޭޝަނަރަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރާއްޖޭގެ މަސްވެރިކަމާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ހާފިޒެވެ. ސޫދާންގެ މިނިސްޓަރ ރާއްޖެއަށް މިކުރައްވާ ދަތުރުފުޅަކީ މާދަމާ ޕެރަޑައިސް އައިލެންޑް ރިޒޯޓްގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން ކޯސްޓަލް ސްޓޭޓްސް މީޓިން އޮން ހާރވެސްޓިން ކޮންޓްރޯލްގައި ބައިވެރިވުމަށް ކުރައްވާ ދަތުރު ފުޅެއްކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.ދެ ދުވަހަށް ކުރިޔަށް ގެންދާ މިބައްދަލްވުމުގެ ތެރެއިން ދިވެހި ރާއްޖޭގައި ކުރަމުންދާ ދެމެހެއްޓެނިވި ކަނޑުމަހުގެ މަސްވެރިކަމުން ބާނާ މަހަށް ރަނގަޅު އަގު ހޯދާ ދިނުމަށް ސަރުކާރުން، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންއާ ސަރަހައްދީ ފަރާތްތަކާއި އެކު މަޝްވަރާ ކުރައްވާނެއެވެ. މިބައްދަލްވުމުގައި މަސްވެރިކަން ކުރާ އައްސޭރިފަށުގެ ޤައުމުތަކާއި، އިންޑިޔާ ކަނޑުގައި މަސްވެރިކަން ކުރާ ފަރާތްތަކުން ބައިވެރިވާނެއެވެ.