ޚަބަރު

އައު އާޓިފިޝަލް ބީޗް އާދީއްތަ ދުވަހު ހުޅުވަނީ


މާލޭގެ ހުޅަނގު ފަރާތުގައި ހަދާ އާޓިފިޝަލް ބީޗް އަންނަ އާދިއްތަދުވަހު ހުޅުވާގޮތަށް ހަމަޖައްސަވައިފިއެވެ.ހައުސިން މިނިސްޓްރީން ވިދާޅުވީ ބީޗް ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުން ގެންދަވާކަމަށެވެ. ހައުސިން މިނިސްޓްރީން ވިދާޅުވީ ބީޗް ހުޅުވާއިރު އާންމުން ހައިރާންކުރުވާފަދަ ތަނަކަށް އެތަން ވެގެންދާނެކަމަށެވެ.މިއަހަރުގެ މެދުތެރޭގައި ބީޗް ސަރަހައްދު އެންމެ ފުރިހަމައަށް ތަރައްޤީ ވެގެން އަންނައިރު އެސަރަޙައްދުގައި، މަގުގެ އިރަށްވާގޮތަށް ހައި އެންޑް ރެސިޑެންޝަލް އެޕާރޓްމެންޓް ހުންނާނެ ކަމަށާއި، އެތަން ހަދަން ޝައުގުވެރިކަން ފާޅުކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.އާރޓީފިޝަލް ބީޗް ހެދުމަށް 41.5 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.