ޚަބަރު

ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވާލައިފި


މިދިޔަ ހޮނިހިރު ދުވަހު އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލާފައި އޮތްވާ ފެނުނީ ހ. ޝީރީންވިލާގައި ހުރި އެޕާޓްމަންޓަކުންނެވެ. މިއީ ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިންގި އެންމެ ރަހުމުކުޑަ ގަތުލުކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. ފުލުހުން ވިދާޅުވީ ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މިއަދު ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށެވެ. ނަމަވެސް ހަށިގަނޑު ފޮނުވީ ކޮން ޤައުމަކަށްކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. ނަމަވެސް އެނގިފައިވާގޮތުގައި ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައިވަނީ އިންޑިއާއަށެވެ.

ޝިއާއުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ މުރުން 23 އަލީ ޝާހިލްއެވެ. ޝިއާއުގެ މަރުގެ މައްސަލައިގައި އަލީ ޝާހިލް ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ޢަމުރުކޮށްފައެވެ.