ޚަބަރު

އެސްޓީއޯއިން ރާއްޖެއަށް ނިޕޮން ޕެއިންޓް މެޓެކްސް ތައާރަފްކޮށްފި


އަތޮޅު ތެރޭގައި ތިބި އެސްޓީއޯގެ ކޮންސްޓްރަކްޝަން އެޖެންޓުންނަށް ހާއްސަ ޕެއިންޓެއް އެސްޓީއޯއިން މިއަދު ތައާރަފު ކޮށްފިއެވެ.

"ނިޕޯން މެޓެކްސް" ރޭންޖުގެ މިޕެއިންޓް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުހައްމަދު ރަޝާދް އާއި ނިޕޮން ޕެއިންޓް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓްސްގެ ސީނިއަރ މެނޭޖަރ ހެންރީ އެންގްއެވެ.

ހެޔޮ އަގެއްގައި ލިބުމުގެ އިތުރުން، ނިޕޯންގެ މިޕެއިންޓް އެހެން ޕްރޮޑަކްޓްތަކާއި ތަފާތުވާ އެއް ސަބަބަކީ މިޕެއިންޓް ލިބެން ހުންނާނީ 7 ލީޓަރު އަދި 20 ލީޓަރު ޕެކިންގްގައެވެ. އަދި އެހެން ނިޕޮން ޕެއިންޓް ކުލަތައް ފަދައިން މި ޕެއިންޓަކީ އެއް ކުރަންނުޖެހޭ، ވަގުތުން ބޭނުންކޮށްލެވޭނެ ޕެއިންޓެކެވެ. މިހެންކަމުން ކުލަލުމަށް ފަސޭހަވެ، މަސައްކަތަށް ހޭދަވާ ވަގުތު ކުޑަކޮށްދެއެވެ.

ނިޕޮން ޕެއިންޓް މެޓެކްސްގެ ޕެއިންޓްތަކަކީ ސިމެންތި، ކޮންކްރީޓް، ސީލިންގ، ޕްލަސްޓަރ ވޯލް ފަދަ ތަންތަކުނައި ފަސޭހައިން ލެވޭ މެޓް ފިނިޝްއެއް ހުންނަ ޕެއިންޓްއެކެވެ. އޭގެ އިތުރުން މެޓެކްސްއަކީ ވޯޓަރ-ބޭސްޑް، އެއްވެސް ލީޑް އަދި މަރކިއުރީ އެއް ނުލާ އުފައްދާފައިވާ ޕެއިންޓްއެއްކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

މެޓެކްސް ކުލަތަކުގެ ގޮތުގައި އެސްޓީއޯއިން މިފަހަރު ތައާރަފްކުރަނީ "ޝޭޑްސް އޮފް ވައިޓް"ގެ ކުލަތަކެކެވެ. 1955 ވަނަ އަހަރު އުފެދުނު ނިޕޮން ޕެއިންޓް ކުންފުންޏަކީ އެކި ބޭނުންތަކަށް، އެކި ކޮލިޓީގެ ކުލަތައް ދުނިޔޭގެ ބާޒާރަށް ތައާރަފްކުރާ ކުންފުންޏެކެވެ.