ޚަބަރު

ނޮޅިވަރަމާއި އެއަތޮޅުގެ ފަޅު ރަށަކުން ވަޒަންތަކެއް ފެނިއްޖެ


ހދ. ނޮޅިވަރަމުންނާއި، އެއަތޮޅު ފަޅު ރަށަކުން ސިފައިން ތަމްރީންތަކުގައި ބޭޏުންކުރާކަހަލަ ވަޒަންތަކެއް ފުލުހުން ހޯދައިފިއެވެ.ފުލުހުންނާއި ސިފައިން ގުޅިގެން ހިންގަމުންދާ އޮޕަރޭޝަނެއްގައި ހދ. ނޮޅިވަމުން މި ވަޒަންތައް ހޯދާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އެރަށް ކައިރީގައި އޮންނަ ފަޅު ރަށަކުން ވަޒަންތައް ހޯދާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް އެ ދެރަށުން ހޯދީ ކިހާ ވަޒަނެއްކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. ފުލުހުންނާއި ސިފައިން އަދިވެސް ދަނީ މި އޮޕަރޭޝަން ކުރިއަށް ގެންދަމުންނެވެ.