ދުނިޔޭގެ ވިޔަފާރި

ޔުކްރެއިންގެ ދަނޑުވެރިކަމުގެ ބާވަތްތަކުގެ އެކްސްޕޯޓު އިތުރުވެއްޖެ


ޔޫކްރޭންގެ ދަނޑުވެރިކަމުގެ ބާވަތްތަކާއި، ތަރުކާރީ ތެލުގެ ޝިޕްމަންޓްތައް އިތުރުވުމުގެ ސަބަބުން ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ޖޫން އެ ބާވަތްތައް އެކްސްޕޯޓުކުރި މިންވަރު %22.7 އިތުރުވެ. 2.66 މިލިއަން ޓަނަށް އަރާފައިވާ ކަމަށް ޔުކްރެއިންގެ ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ބުނެފިއެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށިފަހުން ޔޫކްރޭންގެ ދަނޑުވެރިކަމުގެ ބާވަތްތައް އެކްސްޕޯޓްކުރާ މިންވަރު ވަނީ ދަށަށް ގޮސްފައެވެ. ސަބަބަކީ މުދާ ބޭރުކުރާ މައިގަނޑު އެއް މަގު ކަމަށްވާ ކަޅު ކަނޑު ބަންދުކުރުމެވެ. މީގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ އަގު މައްޗަށް ގޮސް، އެފްރިކާ އާއި މެދުއިރުމަތީގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

ޔޫކްރޭނުން މުދާ އުފުލާ ކަނޑުގެ ސަރަހައްދުތައް ހުޅުވާލާއި، ދަނޑުވެރިކަމުގެ ބާވަތްތައް އުފުލާ ބޯޓުތައް ފުރުމުގެ ހުއްދަ ދިނުމަށް މިދިޔަ މަހު އެއްބަސްވުމެއް އެކުލަވާލާފައެވެ.

ޖުލައި މަހު އެކްސްޕޯޓްކުރި މުދަލުގެ ތެރޭގައި 412،000 ޓަނުގެ ހަނޑުލާއި 183،000 ޓަނުގެ ބާލީ އާއި 1.1 މިލިއަން ޓަނުގެ ކާށި އާއި 362،100 ޓަނުގެ ސަންސީޑް އަދި އެހެނިހެން މުދާތައް ހިމެނޭ ކަމަށް ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ބުނެއެވެ.

ޔުކްރެއިންގެ ދަނޑުވެރިކަމުގެ ބާވަތްތައް އެކްސްޕޯޓްކުރި މިންވަރު އަދިވެސް އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް %52 ދަށްވެފައިވާ ކަމަށް އެ ވުޒާރާއިން ނެރުނު އެހެން ބަޔާނެއްގައި ވަނީ ބުނެފައެވެ.

ޖޫން 30 ގައި ނިމުނު 2021/22 ސީޒަނަށް ދަނޑުވެރިކަމުގެ ބާވަތްތައް އެކްސްޕޯޓްކުރި މިންވަރު %8.5 އިތުރުވެ 48.5 މިލިއަން ޓަނަށް އަރާފައިވާއިރު، މިއީ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށުމުގެ އެކްސްޕޯޓަށް އޮތް ޑިމާންޑުގެ ސަބަބުން އިތުރުވި މިންވަރެކެވެ.

މުދާ އުފުލުމަށް ކަނޑުތައް ހުޅުވާލިފަހުން 370000 ޓަނުގެ ދަނޑުވެރިކަމުގެ ބާވަތްތައް އެކްސްޕޯޓުކޮށްފައިވާކަމަށް ޔުކްރެއިން އިން ބުނެއެވެ.

ދަނޑުވެރިކަމާއިބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022/23 ވަނަ އަހަރު މިހާތަނަށް އެކްސްޕޯޓްކުރި މުދަލުގެ ތެރޭގައި 1.45 މިލިއަން ޓަނުގެ ކާށި، 562،000 ޓަނުގެ ހަނޑުލާއި 192،000 ޓަނުގެ ބާލީ ހިމެނެއެވެ.

މިއަހަރު މަދުވެގެން 50 މިލިއަން ޓަނުގެ ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދޭނެކަމަށް ޔުކްރެއިން ސަރުކާރުން ބުނެއެވެ. ނަމަވެސް އެމީހުންގެ ގެއްލި ދަނޑުގޮވާން ކުރެވުނު މިންވަރު މަދުވުމުން އެ މިންވަރަށް ނުއުފެއްދުނީއެވެ. 2021 ވަނަ އަހަރު ޔުކްރެއިން އިން ވަނި ރެކޯޑު ޢަދަދަކަށް 86 މިލިއަން ޓަނުގެ ދަނޑުވެރިކަމުގެ ބާވްތައް އުފައްދާފައެވެ.