ޚަބަރު

"ޑެވިލް އިން ދަ ވައިޓް ސިޓީ" އަސްލަކަށް ބަލައިގެން އުފައްދާ ސީރީޒް އަށް ކިއާނޫ ރީވްސް


އެރިކް ލާސަންގެ "ޑެވިލް އިން ދަ ވައިޓް ސިޓީ" އަސްލަކަށް ބަލައިގެން ހުލޫ އިން އުފައްދާ ސީރީޒް އަށް ހޮލީވުޑް އެކްޓަރު ކިއާނޫ ރީވްސް ހަމަޖައްސައިފިއެވެ.

ހޮލީވުޑް ޑައިރެކްޓަރު މާޓިން ސްކޯސޭޒީ އާއި އެކްޓަރު ލިއެނާޑޯ ޑިކެޕްރިއޯ ގުޅިގެން އުފައްދާ މި ސިރީޒަކީ ލިއެނާޑޯ 2003 ވަނަ އަހަރުން ފެށިގެން ސްކްރީނަށް ގެންނަން އުޅޭ ފިލްމެކެވެ. ވާހަކައިގެ ރައިޓްސް ނެތިގެން އޭރު ސިރީޒްގެ މަސައްކަތް ނުފެށުނު ނަމަވެސް 2010 ވަނަ އަހަރު ވާހަކައިގެ ރައިޓްސް ގަނެ މިހާރު މިވަނީ ސީރީޒަކަށް ހަދަން ތައްޔާރުވެފައެވެ.

އެރިކްގެ ވާހަކަތަކުގެ ތެރެއިން އެންމެ ގިނައިން ވިކިފައިވާ "ޑެވިލް އިން ދަ ވައިޓް ސިޓީ" ގައި ކިޔާދެނީ އެމެރިކާގެ ޒަމާނީ ސީރިއަލް ކިލާއެއްގެ ވާހަކަތަކެވެ.

2019 ވަނަ އަހަރުން ފެށިގެން ހުލޫ އިން މަސައްކަތް ކުރަމުން އަންނަ މި ސިރީޒް މީގެކުރިން އޮތީ ފިލްމެއް އުފައްދާ ގޮތަށެވެ. އަދި ފިލްމުގައި ލިއެނާޑޯގެ ރޯލެއްވެސް ހަމަޖައްސާފައި އޮތެވެ. ނަމަވެސް އޭރުގެ ޝެޑިއުލްގެ ފުށުއެރުންތަކާއެކު ފަހުން ސީރީޒެއް އުފައްދަން ނިންމީއެވެ.

ޕެރަމައުންޓް ޓެލެވިޜަން ސްޓޫޑިއޯސް އާއި ޑިޒްނީގެ އޭބީސީ ސިގްނެޗާ ގުޅިގެން އުފައްދާފައިވާ މި ސީރީޒް ޑައިރެކްޓުކުރާނީ ޓޮޑް ފީލްޑެވެ. އެގްޒެކްޓިވް ޕްރޮޑިއުސަރެއްގެ އިތުރުން ލިޔުންތެރިޔާ އަދި ޝޯވ ރަނަރ އަކީ ސޭމް ޝޯއެވެ.