ޚަބަރު

އައިޑީބީގެ 50 ސްކޮލާޝިޕްގެ ފުރުޞަތު !


އިސްލާމިކް ޑިވަލަޕްމަންޓް ބޭންކް، އައިޑީބީގެ މެމްބަރު ގައުމުތަކަށްދެއްވާ ޕީއެޗްޑީ
އަދި މާސްޓާޒް ފުލީ ފަންޑެޑް ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު
އިސްލާމިކް އެފެއާޒް މިނިސްޓްރީން ހުޅުވާލައްވައިފިއެވެ. 



އައިޑީބީން ދިނުމަށް ހަމަޖެހިފައިވާ ފަންސާސް ސްކޮލާޝިޕް ދިނުމުގައި އިސްކަން
ދެއްވާނީ ހެލްތު/މެޑިސިން، އެގްރިކަލްޗާރ، އެނާޖީ، ނެނޯ ޓެކްނޮލޮޖީ އަދި އައިސީޓީގެ
ދާއިރާތަކުން މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށެވެ. އަދި ކުދިން
ހޮވުމުގައި އައިޑީބީއިން ކޯއޮޕަރޭޝަން އެގްރީމެންޓް ހަދާފައިވާ ޔުނިވަރސިޓީ އަކުން
ޖާގަ ހޯދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށްވެސް އިސްލާމިކް އެފެއަރޒް
މިނިސްޓްރީން ވިދާޅުވިއެވެ. މި ސްކޮލާޝިޕްގެ ދަށުން ޓިއުޝަން ފީ، ހުރުމުގެ ޚަރަދު،
މެޑިކަލް އިންޝިއުރެންސް އަދި ދެކޮޅު ޓިކެޓް ލިބޭނެކަމަށްވެސްް އެ މިނިސްޓްރީން
ވިދާޅުވެއެވެ. މި ސްކޮލާޝިޕްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި ފެބުރުއަރީ
މަހުގެ އެކާވީސްވަނަ ދުވަހާއިހަމައަށް ވަނީ ހުޅުޥާލާފައެވެ.