ޚަބަރު

އެމް.އެމް.ޕީ.އާރު.ސީގެ އެމްޑީ ކަމުން ޒިޔަތު ވަކިކޮށްފި


މޯލްޑިވްސް މާރކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އަބްދުﷲ ޒިޔާތު ވަކިކުރައްވައިފިއެވެ. ޒިޔަތު މަޤާމުން ވަކިކުރެއްވިއިރު، އޭނާ ހުރީ ޤަވާއިދާއި ހިލާފަށް ފަޅު ރަށްތަކެއް ދޫކޮށް، އޭގެއިން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި މިދިޔަ އޮކްޓޯބަރުމަހުން ފެށިގެން ފުލުހުންގެ ހައްޔަރުގައެވެ.އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ޒިޔަތު ވަކިކުރެއްވިކަން ހާމަކުރެއްވީ، ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައެވެ. ޒިޔަތު މަޤާމުން ވަކިކުރިއިރު، އެމްއެމްޕީއާރުސީގެ ވަގުތީ ގޮތުން ހިންގެވުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކުންފުނީގެ ބޯޑު މެމްބަރު ހާރިސް މުހައްމަދާއި ހަވާލުކުރައްވާފައެވެ.