ދުނިޔޭގެ ވިޔަފާރި

ޖަރުމަނުވިލާތުގެ އެކްސްޕޯޓް، ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ

ޖަރުމަނުވިލާތުން ޖޫން މަހު އެކްސްޕޯޓުކުރި މިންވަރު ރެކޯޑު އަދަދަކަށް އިތުރުވެއްޖެއެވެ.

އެކްސްޕޯޓުކުރި މިންވަރު %4.5އަށް އިތުރުވީ ނަމަވެސް، އިޤްޠިޞާދީ މާހިރުން ވިދާޅުވާގޮތުގައި މި އިތުރުވުމުގެ ބޮޑު ބައެއް ބޮޑުވެގެން ދިޔައީ އަގުތައް އުފުލިގެން ދިއުމުގެ ސަބަބުންނެވެ.

ޖަރުމަނުވިލާތުގެ އެކްސްޕޯޓު ވަނީ ޖެހިޖެހިގެން ތިން މަސް ދުވަހު އިތުރުވެފައެވެ. އެކްސްޕޯޓު އިތުރުވާނެކަމަށް ލަފާކޮށްފައި ވަނީ %1އެވެ. މީގެ ސަބަބުން އެ ޤައުމުގެ ސީޒަނަލް އެޖެސްޓެޑް ޓްރޭޑް ސާޕްލަސް ވަނީ 2.7 މިލިއަން ޔޫރޯއަށް އަރާފައެވެ.

ޖަރުމަނުގެ އެންމެ ބޮޑު އެކްސްޕޯޓް މާކެޓް ކަމަށްވާ އެމެރިކާއަށް އެކްސްޕޯޓްކުރި މުދާ މެއި މަހާ އަޅާބަލާއިރު ޖޫން މަހު %6.2 އިތުރުވެފައިވާއިރު، ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތަކަށް އެކްސްޕޯޓްކުރި މިންވަރު ވަނީ %3.9 އަށް އިތުރުވެފައެވެ. ޗައިނާއަށް އެކްސްޕޯޓްކުރި މުދާ ޖޫން މަހު ވަނީ %2.4 އިތުރުވެފައެވެ.

ޖޫން މަހު ޖަރުމަނުވިލާތަށް އިމްޕޯޓްކުރި މިންވަރު އޭގެ ކުރީ މަހާއި އަޅާބަލާއިރު ވަނީ %0.2 އަށް އިތުރުވެފައެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައާއި، ތަކެތި ފޯރުކޮށްދިނުމުގެ ދަތިތަކުގެ އިތުރުން ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަހަރުގެ ދެވަނަ ކުއާޓަރުގައި ޔޫރަޕްގެ އެންމެ ބޮޑު އިޤްޠިޞާދު އޮންނަ ޖަރުމަނުވިލާތުގެ އިޤްޠިޞާދީ ދުވެލި ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ.

އެސޯސިއޭޝަން އޮފް ޖާމަން ޗެމްބާސް އޮފް އިންޑަސްޓްރީ އެންޑް ކޮމާސް (ޑީއައިއެޗްކޭ) އިން ބުނިގޮތުގައި ޖަރުމަނުވިލާތުން ވަނީ ދެވަނަ ކުއާޓަރުގައި އުދަގޫ ދުވަސްތަކާއި ކުރިމަތިލާފައެވެ.

އުފެއްދުންތެރިކަމަށް ހުރަސް އަޅަނީ ސަޕްލައި ޗޭން އަށް ބުރޫއެރުމާއި ހަކަތަ އާއި ރޯ މެޓީރިއަލްސް އަދި އިމްޕޯޓް ކުރާ އިންޕުޓްސް އަށް ކުރާ ބޮޑު ހަރަދުތަކުގެ ސަބަބުން ކަމަށް ޑީއައިއެޗްކޭގެ ޚާރިޖީ ވިޔަފާރީގެ ތަޖުރިބާކާރު ކެރޮލިން ހެރްވެގް ވިދާޅުވި އެވެ. އަދި އެމެރިކާ، ޗައިނާ ނުވަތަ ޔޫރޯ ޒޯން ފަދަ މުހިންމު އެކްސްޕޯޓް ޕާޓްނަރުންގެ އިގްތިސާދުތަކަށް އަސަރުކޮށްފައިވާވުމުންވެސް ފިނިވުމުން ވެސް "މެއިޑް އިން ޖަރުމަން" އުފެއްދުންތަކަށް އޮތް ޑިމާންޑް ދަށްވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.