ދުނިޔެ

މިޔަންމާގައި ޑިމޮކްރޮޓިކް ސަރުކާރެއް އެކުލަވާލަނީ


50 އަހަރުގެ ތެރޭގައި މިޔަންމާގައި ހޮވިގެންދިޔަ ފުރަތަމަ ޑިމޮކްރޮޓިކް ސަރުކާރު އެކުލަވާލުމަށް އެޤައުމުގެ އަލަށް އެކުލަވާލެވުނު ޕާލިމެންޓުން މަސައްކަތް ފަށައިފިއެވެ.މިގޮތުން މިއަދު ވަނީ އަލަށް އެކުލަވާލެވުނު ޕާލިމެންޓުގެ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ. މިއީ މިޔަންމާގައި 1960 ދެވަނަ އަހަރު އޮތް ޑިމޮކްރަޓިކް ވެރިކަން ވައްޓާލުމަށްފަހު އަސްކަރީ ވެރިކަމެއްގެ ދަށުގައި 50 އަހަރު އޮތުމަށްފަހު ބޭއްވުނު ފުރަތަމަ ޑިމޮކްރަޓިކް މަޖްލީހުގެ ފުރަތަމަ އަޑުއެހުމެވެ.މިލިޓަރީ ވެރިކަމެއްގައި އެތައްޒަމާން ތަކަކަށް ފަހު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވި ފުރަތަމަ އިންތިޚާބް ކާމިޔާބުކޮށްފައިވަނީ އަންގ ސަންގ ސޫކީގެ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީއިންނެވެ. މިގޮތުން އެޕާޓީއިން ވަނީ މަޖްލީހުގެ 80 ޕަސެންޓް ގޮނޑިތައް ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް މިޔަންމާގެ ގާނޫނު އަސާސީ ބުނާގޮތުން އެންއެލްޑީގެ ރައީސް އަންގ ސަން ސޫކީއަށް ޤައުމުގެ ރައީސްގެ މަޤާމަކަށް ވަޑައެއް ނުގެންނެވޭނެއެވެ. ސަބަބަކީ  އަންގ ސަން ސޫކީގެ ބޭފުޅުންނަކީ ބޭރު މީހަކަށް ލިބިވަޑައިގެންފައިވާ، އަދި ޤާނޫނީ ގޮތުން އެޤައުމަށް ނިސްބަތްވާ ބޭފުޅުންނަށް ނުވާތީއެވެ. އަންގ ސަންގ ސޫކީގެ ބޭފުޅުންނަކީ އިނގިރޭސި ވިލާތުގެ ރައްޔިތުކަން ލިބިވަޑައިގެންފައިވާ އިނގިރޭސި ރައްޔިތުންނެވެ.އަސްކަރީ ވެރިކަމުގެ ދުވަސްވަރު އަންގ ސަންގ ސޫކީ ވަނީ 15 އަހަރު ގޭ ބަންދުގައި ހޭދަކުރައްވާފައެވެ. އަންގ ސަންގ ސޫކީގެ ޕާޓީން އިންތިޚާބް ބޮޑުތަފާތަކުން ކާމިޔާބު ކޮށްފައި ވީނަމަވެސް ޤައުމުގެ ވެރިއަކަށް ހޮވާނެ މީހަކު އެ ޕާޓީއިން އަދި ކަނޑައަޅާފައެއް ނުވެއެވެ.އަންގ ސަންގ ސޫކީ ވަނީ އޭނާ ހުންނަވާނީ ރައީސްގެވެސް މަތިން ޤައުމު ހިނގުމުގެ އެންމެ އިސް މަޤާމުގައި ކަމަށް ވިދާޅުވެފައެވެ. މިޔަންމާގެ ވެރިކަން އަސްކަރީ ވެރިކަމަކުން ޑިމޮކްރަސީއަކަށް ބަދަލުވިނަމަވެސް އެޤައުމުގައި އަސްކަރީ ބާރު އަދިވެސް ވަރަށް ގަދައެވެ. މިގޮތުން މަޖްލީގުގެ 25 ޕަސެންޓަކީ އަސްކަރީން ހޮވާ ބައެކެވެ. އަދި ޤައުމުގެ ނުފޫޒުގަދަ ވުޒާރާތަކުގެ ތެރެއިން ހޯމް އެފެއަރޒް މިނިސްޓްރީ އާއި ބޯޑާ އެފެއަރޒް އަދި ޑިފެންސް މިނިސްޓްރީވެސް އޮންނާނީ އަސްކަރީ ބާރުގެ ދަށުގައެވެ.މިއަދު މިޔަންމާގެ މަޖްލީގުގެ ފުރަތަމަ އަޑުހެން ބޭއްވިގެންދިޔައިރު މަޖްލީހުގެ ފުރަތަމަ ޒިންމާއަކީ އެޤަމުގެ ރައީސަކު އައްޔަނު ކުރުމެވެ. މިގޮތުން އަން އަންގ ސަންގ ސޫކީގެ އެން.އެލް.ޑީ ޕާޓީގެ މެޖޯރިޓީއޮތް މަޖްލީހުން އެޤައުމުގެ ރައީސް ކަމަށް ގެންނާނެ ކަމަށް ބެލެވެނީ އަން ސަން ސޫކީގެ ގާތް މީހެކެވެ.ބައެއް ރިޕޯޓްތައް ބުނާގޮތުން ރައީސްގެ މަޤާމަށް އަންގ ސަންގ ސޫކީގެ ޑޮކްޓަރު ގެނައުމަކީ ގާތް ކަމެއް ކަމަށް ބެލެވެއެވެ.50 އަހަރަށްފަހު އެޤައުމުގައި ބޭއްވުނު ޑިމޮކްރަސީ އިންތިޚާބު ކާމިޔާބުކުރި އެން.އެލް.ޑީގެ ވެރިކަމުގެ ދައުރު ފެށޭނީ މިއަންނަ އޭޕްރީލް މަހުގައެވެ. މިއަދު މަޖިލީހުންވަނީ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް ރައީސަކު އިންތިޚާބްކޮށްފައެވެ. މިމަޤާމަށް ހޮވިވަޑައިގެންފައިވަނީ އެން.އެލް.ޑީގެ މެމްބަރެކެވެ.