ދުނިޔޭގެ ވިޔަފާރި

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް!


އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުމަށް ޕީޕީއެމްއިން ނިންމައިފިއެވެ.

ޕީޕީއެމްއިން މިގޮތަށް ނިންމާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ސެނެޓްގެ ބައްދަލުވުމުގައެވެ. ނަމަވެސް އެޕާޓީން މިކަމާއި ގުޅޭ މާބޮޑު ތަފްސީލެއް ދީފައެއް ނުވެއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ޕީ.ޕީ.އެމް/ޕީއެން.ސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ޕީ.ޕީ.އެމް/ޕީ.އެން.ސީ ނިންމާފައިވާކަމަށެވެ.

ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު، އެހެން ޕާޓީއަކުން ރަސްމީކޮށް ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަޢުޤުވެރިކަން ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުން ވަނީ ފާހަގަކުރައްވާފައެވެ.