ތަޢުލީމު

އެޑިޔުކޭޝަނުން އދ އާއި އެކު އެމްއޯޔޫއެއްގައި ސޮއި ކުރައްވައިފި


ޒުވާނުންނާއި ކުޑަކުދިންގެ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީއާއި އދ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.އދ އާއެކު ކުރިޔަށްގެންދަވާ ސްޓްރެޓީޖިކް ޕްރޮގްރާމް ފްރޭމްވޯކް ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް އެސިސްޓެންސް ފްރޭމްވޯރކް (އުންޑާފް) ގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް މިއަދު އެޑިޔުކޭޝަން މިނިސްޓްރީ ގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމެވެ. އަދި އދ. ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޔުނިސެފް އދ. ގެ ރެޕްރެޒެންޓޭޓިވްމިސް އެލިސް އަކުންގާއެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޒުވާނުންނާއި ކުޑަކުދިންނަށް ހަމަހަމަކަމާއެކު އެންމެން ޝާމިލްވާގޮތަށް ފެންވަރު ރަނގަޅު އިޖްތިމާޢީ ހިދުމަތްތަކެއް ފޯރުކޮށްދެވި އަދި ޒުވާނުންގެ ހުނަރު ތަރައްޤީ ކުރުމަށް ފުރުޞަތުތައް އިތުރު ކުރެވިގެންދާނެ ކަމަށެވެ.ހުރިހާ ދާއިރާތަކަށް ކަނޑައެޅިފައިވާ 2 އަހަރުގެ އަމާޒު ހިފުމަށްޓަކައި 2 މިލި ޑޮލަރަށްވުރެ ބޮޑު އެހީއެއް އދ. ގެ ޖަމާއަތްތަކުން ފޯރުކޮށްދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭގައި ހުންނަވާ ޔުނިސެފް އދ. ގެ ރެޕްރެޒެންޓޭޓިވް މިސް އެލިސް އަކުންގާ ވިދާޅުވީ، މި އަހަރާއި އަންނަ އަހަރު އުންޑާފް ފްރޭމްވޯކްގެ ދަށުން ހަތަރު ދާއިރާއަކަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.