ޚަބަރު

ގދ ފަރެސްމާތޮޑާގައި ލޯޑަރެއްގެ ދަށުވި ކުޑަ ކުއްޖާ ނިޔާވެއްޖެ


ގދ ފަރެސްމާތޮޑާގައި
 ލޯޑަރެއް ދަށުވި ކުޑަ ކުއްޖާ ނިޔާވެއްޖެއެވެ.



މިއަދު މެންދުރުފަހު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ
އުމުރުން  10 އަހަރުގެ އަމާނަތުﷲއެވެ.



ފަރެސްމާތޮޑާ ކައުންސިލުން ވިދާޅުވީ މިކުއްޖާ ލޯޑަރުގެ
ދަށުވެފައިވަނީ އޭގެ ދަތްގަޑުގެ ތެރޭގައި އޮއްވާ އޭތި ދުއްވާލި ވަގުތު
އޭގެތެރެއިން ވެއްޓި ލޯޑަރު ދަށުވެގެންކަމަށެވެ. އަދި މި ކުއްޖާ މަރުވެފައިވަނީ
ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާދިނުމަށް ގދ ތިނަދޫ ހޮސްޕިޓަލަށް ގެންދިޔަ
މަގުމަތީގައިކަމަށްވެސް ފަރެސްމާތޮޑާ ކައުންސިލުން ވިދާޅުވެއެވެ.



މި މައްސަލައާއި ގުޅިގެން ލޯޑަރު ދުއްވަން އިން މީހާ
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ ހާދިސާ ހިނގިގޮތް ތަޙްގީގްކުރަމުންދާކަމަށް
ފުލުހުން ވިދާޅުވެއެވެ.