ދުނިޔެ

ޙާލުގައި ޖެހިފައިވާ މީހުންނަށް 861 މިލިއަން ޑޮލަރު ބޭނުންވޭ !


އައިއެސް ޖަމާޢަތާއި ދެކޮޅަށް ދުނިޔޭގެ ޤައުމުތަކުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީއެހީ ފޯރުވައިދުނުމަށް 861 މިލިއަން ޑޮލަރުގެ ބަޖެޓެއް ބޭނުންވާކަމަށް އދ އިން ބުނެފިއެވެ.މިކަމަށް ބޭނުންވާ ފައިސާގެ ޖުމްލަ ޢަދަދު ކަމަށްވާ 1.56 ބިލިއަން ޑޮލަރު ތެރެއިން ބައެއް ހަމަޖައްސާނެކަމަށް ޢިރާޤު ސަރުކާރުން ވަނީ ބުނެފައެވެ. އދ ގެ އިންސާނީ އެހީދޭ ޖަމާޢަތުގެ ކޯޑިނޭޓަރު ވަނީ ޢިރާޤުގެ ޙާލަތު އިތުރަށް ނުތަނަވަސްވުން އެކަށީގެންވާކަމަށް ބުނެފައެވެ.ޙަމަލާތަކުގެ ސަބަބުން، ގެދޮރު ގެއްލިފައިވާ މީހުންނާއި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 850 މިލިއަން ޑޮލަރު ބޭނުންވާކަމަށް ޢިރާޤު ސަރުކާރުން މިދިޔަ އަހަރުވަނީ ބުނެފައެވެ. ނަމަވެސް، މި ފައިސާގެ ތެރެއިން 60 އިންސައްތަވެސް އަދި ހަމަނުޖެހޭ ކަމަށް ޢިރާޤު ސަރުކާރުން ވަނީ ބުނެފައެވެ.