ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު ސީޝެލްސައަށް ފުރާވަޑައިގަންނަވަނީ


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސައަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސީޝެލްސްއަށް ކުރައްވާ މިދަތުރުފުޅަކީ، ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މރ.ރޮޖަރ މަންސިއެންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ މިމަހުގެ 22ވަނަ ދުވަހުން ފެށިގެން 28ވަނަ ދުވަހާ ހަމައަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރާތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއެއެކު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވާގޮތައްވެސްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ކުރިއެރުމަށް އެކުއެކީގައި މަސައްކަތްކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެއްލަވައި އެކަންކަމާމެދު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.