ޚަބަރު

"ހައުސް އޮފް ޑްރެގަން" އަންނަ މަހު 21 ގައި


އެޗްބީއޯގެ ކާމިޔާބު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޮންސް" ޕްރިކުއަލް "ހައުސް އޮފް ޑްރެގަން" އަންނަ މަހު ސިނަމާތަކަށް ގެނައުމަށް ނިންމައިފިއެވެ.

މިދިޔަ މަހު ކުރީކޮޅު ފުރަތަމަ ލުކްވެސް ދައްކާލާފައިވާ މި ސީރީޒްގެ ޓްރެއިލާ އިއްޔެ ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

"ހައުސް އޮފް ދަ ޑްރެގަން" ގައި ފެނިގެން ދާނީ "ގޭމް އޮފް ތްރޮންސް" ގައި ފެނިގެންދާ މަންޒަރުތައް އަދި ވާހަކަތަކުގެ 300 އަހަރު ކުރީގައި ހިނގާފައިވާ ކަންކަމެވެ. އަދި މި ސިލްސިލާއަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޯޖް މާޓިންގެ ޚިޔާލީ ވާހަކައެއް ކަމަށްވާ "ފަޔަރ އެންޑް ބްލަޑް" ގެ މައްޗަށް ކުޅެފައިވާ ސިލްސިލާ އެކެވެ.


މި ސިލްސިލާގެ ބައެއް އެޕިސޯޑުތައް ޑައިރެކްޓުކޮށްފައި ވަނީ މިގުއަލް ސެޕޮޗްނިކް އެވެ. ނަމަވެސް މި ސީރީޒް ބަލާހިތްވާ މީހުންނަށް އޮތް ހިތާމަވެރި ޚަބަރަކީ މި ސިލްސިލާއަކީ ހަމައެކަނި އެންމެ 10 އެޕިސޯޑް އެކުލެވޭ ސީރީޒެއްކަމެވެ.

ޕްރީކުއަލްގައި ޕްރިންސަސް ރައެންރާ ތާގޭރިއަންގެ ރޯލުން ފެނިގެންދާނީ އެމާ ޑިއާސީއެވެ. ޕްރިންސް ޑައިމަން ތާގޭރިއަންގެ ރޯލުން މެޓް ސްމިތް ފެންނައިރު، އޮލިވިއާ ކޫކް ފެންނާނީ އެލިސެންޓް ހައިޓަވަރ ގެ ރޯލުންނެވެ. މީގެ އިތުރުން ރައިސް އިފާންސް ފެންނާނީ އޮޓޯ ހައިޓަވަރ ރޯލުންނެވެ. އަދި ދަ ސީ ސްނޭކްގެ ރޯލުން ފެނިގެންދާނީ ސްޓީވް ޓޮއުސިއަންޓެވެ.

މި ސީރީޒް ދައްކަން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ގައި އެޗްބީއޯ މެކްސް އިންނެވެ.

2011 ވަނަ އަހަރު ގެނެސްދިން ފެށި "ގޭމް އޮފް ތްރޮންސް" ސީރީސަކީ ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ ގިނަ ބަޔަކު ބެލި ސީރީސްއެވެ. މީ ޖޯޖް އާރްއާރް މާޓިންގެ ފެންޓަސީ ނޮވެލް "އަ ސޯންގެ އޮފް އައިސް އެންޑް ފަޔަރ" ގެ މައްޗަށް ގެނެސްދޭން ފެށި ސީރީޒްއެކެވެ.