ޚަބަރު

ދިވެހިބަހަށް ޚިދުމަތްކުރެއްވި ދ.ޢަލީ ވަޙީދު ނިޔާވެއްޖެ


ދިވެހި ބަހާއި ލިޔުންތެރިކަމަށް ޚިދުމަތް ކުރައްވާފައިވާ މއ.މަސްކަން ދުންމާރި ޢަލީ ވަޙީދު ނިޔާވެއްޖެއެވެ.

ޢަލީ ވަޙީދު ނިޔާވެފައިވަނީ އުުރުފުޅުން 84 އަހަރުގައި މިއަދުގެ ވަގުތެއްގައެވެ.

ޢަލީ ވަޙީދަކީ އުރުދޫބަހުން ދިވެހިބަހަށް ވާހަކަ ތަރުޖަމާ ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ 1994ވަނަ އަހަރު ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ ރޮނގުން ޢާންމުޚިދުމަތުގެ ހިތްވަރުގެ އިނާމްވެސް ލިބިވަޑައިގެންފައެވެ.

ޢަލީ ވަޙީދުގެ ވާހަކަތައް، މާލޭގައި ނުކުތް އެކި ނޫސްތަކުގައި ވަނީ ޝާއިޢުކޮށްފައެވެ. ޢަލީ ވަޙީދުގެ އަމިއްލަ ޚިޔާލަށްވެސް ވާހަކަ ލިޔުއްވައި ޝާއިޢު ކުރައްވާފައިވެއެވެ. ތަރުޖަމާ ވާހަކަތަކުގެ ތެރޭގައި [ބިރުވެރި ހަވޭލި] [105 ނަންބަރު ކޮޓަރި] [ޤަބުރުސްތާނުގެ މީދާ] މިވާހަކަތައް ފާހަގަކޮށްލެވެއެވެ. ޢަލީ ވަޙީދު 4 އަހަރު ވަންދެން [ފިލްމީ ދުވެލީ]ގެ ނަމުގައި މަޖައްލާއެއްވެސް ނެރުއްވިއެވެ.

މީގެއިތުރުން، ޢަލީ ވަޙީދަކީ ޤައުމީ ކުންފުނީގެ ޗާޕުޚާނާ ދުވަސްވަރުން ފެށިގެން ލިޔުއްވުމުގެ މަސައްކަތް ކުރައްވާފައިވާ ބޭކަލެއްވެސް މެއެެވެ.