ޚަބަރު

14 ނޮމިނޭޝަނާއެކު "ސްކްއިޑް ގޭމް" ތާރީޚުގެ ތެރެއަށް


މިދިޔަ އަންގާރަ ދުވަހު އިއުލާނުކުރި 74 ވަނަ ޕްރައިމް ޓައިމް އެމީ އެވޯޑުގެ ތެރެއިން 14 އެވޯޑަށް ނޮމިނޭޓްވެ "ސްކްއިޑް ގޭމް" ތާރީކްޚްގެ ތެރެއަށް ހިގައްޖެއެވެ.

"ސްކްއިޑް ގޭމް" ވަނީ "އައުޓްސްޓޭންޑިންގް ޑްރާމާ ސީރީޒް" ގެ ބަޔަށްވެސް ނޮމިނޭޓް ވެފައެވެ. މިއާއިއެކު މިއީ މި އެވޯޑުގައި އިނގިރޭސި ނޫން ބަހަކުން ގެނެސްދޭ ސީރީޒެއް މި އެވޯޑަށް ނޮމިނޭޓްވި ފުރަތަމަ ފަހަރެވެ.

މީގެއިތުރުން މީގެ ތަރިން ވަނީ 5 އެކްޓިން އެވޯޑަކަށްވެސް ނޮމިނޭޓްވެފައެވެ. "ލީޑް އެކްޓާ އިން އަ ޑްރާމާ ސީރީޒް" ގެ އެވޯޑަށް ލީ ޖުންގް ނޮމިނޭޓްވިއިރު، ޖުންގް ހޯ ޔިއޯން ވަނީ "ސަޕޯޓިންގް އެކްޓްރެސް އިން އަ ޑްރާމާ ސީރީޒް" އަށް ނޮމިނޭޓްވެފައެވެ.

ޕާކް ހައި ސޫ އާއި އޯ ޔަންގް ސޫ ވަނީ "ސަޕޯޓިންގް އެކްޓަ އިން އަ ޑްރާމާ ސީރީޒް" އަށް ނޮމިނޭޓްވެފައެވެ. އަދި ލީ ޔޫ މީ ވަނީ "ގެސްޓް އެކްޓްރެސް އިން އަ ޑްރާމާ ސީރީޒް" އަށް ނޮމިނޭޓްވެފައެވެ.

އެމީ އެވޯޑުގެ ގިނަ އެވޯޑުތަކަށް ނޮމިނޭޓްވީއިރު، "ސްކުއިޑް ގޭމް" ގެ 2 ވަނަ ސީޒަނަކަށްވެސް މިހާރު ވަނީ ތައްޔާރުވެފައެވެ. މި ސީޒަން ދައްކަން ފެށޭވަރުވާނީ 2024 ގައި ކަމަށްވެސް ދާދިފަހުން ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.

"ސްކުއިޑް ގޭމް" އަކީ ނެޓްފްލިކްސް އިން މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ޝޯތަކުގެ ތެރޭގައި ހިމެނޭ ދެކުނު ކޮރެއާގެ ތުރިލާ ސީރީޒެކެވެ.