ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ 17 އަހަރުގެ ކުއްޖާ ފެނިއްޖެ


މާލެއިން ގެއްލިގެން ހޯދަމުންދިޔަ 17 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ އާމިނަތު ޒާރާ ރިޔާޒު ނަމަކަށް ކިޔާ ކުއްޖެކެވެ. ފުލުހުން ވިދާޅުވީ، ޒާރާ ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓް ކުރީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އަދި މިއަދު މެންދުރުފަހު ކުއްޖާ ފެނިފައިވާކަމަށް ފުލުުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

މިކުއްޖާ މިއަދު ފެނިފައިވާއިރު މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 14:30 ހާއިރު ގެއިން ނިކުމުގެން ދިޔަގޮތަށް އެ ކުއްޖާގެ އެއްވެސް ޚަބަރެއް އޭނާގެ އާއިލާއަކަށް ލިބިފައެއްނުވެއެވެ.