ޚަބަރު

މާލެއިން 17 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ


މާލެއިން 17 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ އާމިނަތު ޒާރާ ރިޔާޒު ނަމަކަށްކިޔާ ކުއްޖެކެވެ.

ފުލުހުން ވިދާޅުވީ، ޒާރާ ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓް ކުރީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށާއި، ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 14:30 ހާއިރު ގެއިން ނިކުމުގެން ދިޔަގޮތަށް ޒާރާގެ އެއްވެސް ޚަބަރެއް އޭނާގެ އާއިލާއަކަށް ލިބިފައެއްނުވެއެވެ. އޭނާ ގެއިން ބޭރަށް ދިޔައިރު ލައިގެން ހުރީ ނޫ ކުލައިގެ ޖިންސަކާއި، ކަޅު ކުލައިގެ ޓޮޕެކެވެ.