ޚަބަރު

މެތިއު ޕެރީއަކީ ކުރިން ޑްރަގް އެޑިކްޓެއް


މިހާތަނަށް އެންމެ ބޮޑު މަޤުބޫލު ކަމެއް ހޯދި އެމެރިކާގެ ސިޓްކޮމްގެ ޝަރަފު ހޯދި "ފްރެންޑްސް" ގައި ޗާންޑްލާ ބިންގްގެ ރޯލުން ފެނުނު ތަރި މެތިއު ޕެރީ އަކީ ކުރިން ޑްރަގް އެޑިކްޓެކެވެ.

މެތިއު ވަނީ އޭނާ މަސްތުވާތަކެއްޗަށް އެޓިކްޓުވީ ގޮތް މީގެކުރިން މީޑިއާތަކަށް ތިލަކޮށްދީފައެވެ. މެތިއު ބުނިގޮތުގައި އޭނާ އެޑިކްޓުވީ 1997 ވަނަ އަހަރު ހިނގި ޖެޓް ސްކީ އެކްސިޑެންޓަކަށްފަހު ކަމަށެވެ.

2004 ވަނަ އަހަރު ދެއްކި އޮޕެރާ ވިންފެރީގެ ޝޯއެއްގައި މެތިއު ބުނީ އެޑިކްޓުވެ ސަލާމަތް ނުވެވޭވަރުވީމައި އޭނާ ދެން ބޭނުންވީ އެހެން މީހުންގެ އެހީ ހޯދާށެވެ. އަދި އެ ހިސާބަށް ދިޔައީ ހަޔާތުގައި މި ދެވެނީ އަދި ރަގަޅު މިސްރާބަކަށް ނޫންކަން ރޭކާލީމާކަމަށްވެސް މެތިއު ވަނީ ބުނެފައެވެ. އެކަމުން އޭނާއަށް އަރައިގަނެވުނީ އެހެން މީހުން އެހީ ހޯދުމުން ކަމަށްވެސް ފްރެންޑްސްގެ އެހެން ތަރިންވެސް ތިބި މި ޝޯގައި މެތިއު ވަނީ ބުނެފައެވެ.

"ފްރެންޑްސް" ގައި މަސައްކަތް ކުރަމުންދިޔަ ދުވަސްކޮޅު މެތިއު ވަނީ ދެ ފަހަރަށް ރީހެބަށްވެސް ގޮސްފައެވެ. ރީހެބުން ރަނގަޅުވެގެން މެތިއު އެބުރި އައީ 2001 ވަނަ އަހަރުއެވެ.

މެތިއު އެންމެ ފަހުން ފެނުނު ފިލްމަކީ މިދިޔަ އަހަރު ރިލިޒްކުރި ލިއަނާޑޯ ޑިކްޕެރިއޯ، ތިމޮތީ ޗަލް މެޓް އާއިއެކު މެތިއު ފެނުނު "ޑޯންޓް ލުކް އަޕް" އެވެ. މިހާރު އުމުރުން 52 އަހަރުގެ މެތިއު ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ގެޓިން އިން"، "ދަ ކިޑް"، "ފެޓް މޭން އެންޑް ލިޓްލް ބޯއި"، "ސާވިންގް ސާރާ" އަދި "17 އެގެއިން" ހިމެނެއެވެ.

"ފްރެންޑްސް" ގެ އޮރިޖިނަލް ކާސްޓުންނާއިއެކު "ފްރެންޑްސް: ދަ ރީ ޔޫނިއަން" އިންވެސް މެތިއު ވަނީ ފެނިފައެވެ.
1994 ން ފެށިގެން އެންބީސީން ދައްކަމުންދިޔަ "ފްރެންޑްސް" ޝޯ ނިންމާލީ 10 ސީޒަނަށްފަހު 2004 ވަނަ އަހަރުއެވެ.