ޚަބަރު

33 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ


33 މީހުންނާއެކު ދަތުރުކުރަމުން ދިޔަ "އަލިސް"ނަމަކަށް ކިޔާ ލޯންޗެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ލޯންޗް ދަތުރު ކުރުމަނުް ދިޔައީ ސަމަ އައިލެންޑް ރިސޯޓުން ފުރައިގެން ރ. މީދޫއަށް ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު ހަވީރު 5:59 ހާއިރުއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް "ވެލާނާ" ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަޙައްދަށް ދަތުރުކޮށްފައި ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެފްއައިސީ "ވެލާނާ" އަށް އިންޖީނު ހުއްޓުނު ލޯންޗުން ދަތުރުކުރަމުންދިޔަ އެންމެން ބަދަލުކޮށް، މިރޭ 9:15 ހާއިރު މާލެ ގެނެސްފައިވާކަމަށް އެމްއެންޑިއެފްއިން ވިދާޅުވެއެވެ.