ބ.ދަރަވަންދޫގެ ޢީދު ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފިތުރު ޢީދު ނަމާދު ކުރުމަށް ދަރަވަންދޫގައި ބޭއްވި ބޮޑު ޖަމާޢަތުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި ނަމާދަށްފަހު ރަށުގެ ކުދިބޮޑު ރައްޔިތުންނާ ބައްދަލުކުރައްވާ ޢީދު ތަޙުނިޔާ ވިދާޅުވެ ސަލާން ކުރައްވާފައެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި ދަރަވަންދޫގައި ކުރިއަށްގެންދާ ޢީދު ހަރަކާތްތަކުގައި، ރައްޔިތުންނާ އެކުގައި ދަނީ ބައިވެރިވެ ވަޑައިގަންނަމުންނެވެ.
އެގޮތުން ރަށުގެ ޒުވާނުން ކުރިއަށްގެންދިޔަ ކުޅިވަރުތައް ކުޅުއްވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ޢީދު ކުލަ ޖެހުމަށް ރަށުގައި ބޭއްވި ހަރަކާތުގައިވެސް ރައްޔިތުންނާއެކު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދަރަވަންދޫގައި ޢީދުގެ ކުޅިވަރުތައް ކުލަގަދަގޮތެއްގައި އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން މަލިކުގެ ސަޤާފީ ކުޅިވަރު ހުށައަޅައިދޭ ގްރޫޕެއްވެސް ދަރަވަންދުއަށް ވަނީ ގޮސްފައެވެ. ނައިބު ރައީސް ފައިސަލް ނަސީމް ވަނީ، މަލިކުގެ މި ގްރޫޕާވެސް ބައްދަލުކުރައްވާފައެވެ.