ކުޅިވަރު

ވިކްޓްރީގެ ކޯޗަކަށް ނަޒީހު




ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ހެޑް ކޯޗް ކަމަށް
މުހައްމަދު ނަޒީހު ހަމަޖައްސައިފިއެވެ. މީގެ ކުރިންވެސް ވިކްޓްރީ ސްޕޯޓްސް ކްލަބަށް
އިރުޝާދު ދީފައިވާ ނަޒީހު ވިކްޓްރީގެ ކޯޗް ކަމާ ހަވާލުވީ އެއް އަހަރުގެ
މުއްދަތަށެވެ.

ނަޒީހު ނިމިގެންދިޔަ ސީޒަންގައި އިރުޝާދު ދިނީ ޔުނައިޓެޑް
ވިކްޓްރީއަށެވެ. ނަޒީހުގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ވިކްޓްރީ ވަނީ ދެވަނަ
ޑިވިޝަނުން ފުރަތަމަ ޑިވޝަނަށް ކޮލިފައިވެފައެވެ. ނަޒީހު ވަނީ މީގެ ކުރިން ވިކްޓްރީ
ސްޕޯޓްސް ކްލަބަށާއި، ނިއުރޭޑިއެންޓަށް ކުޅެފައެވެ.

ވިކްޓްރީ ސްޕޯޓްސް ކްލަބާ އާ  މެނޭޖްމެންޓެއް ހަވާލުވިފަހުން މިއަހަރުގެ
ސީޒަނަށް ޓީމް ވަރުގަދަ ކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ކްލަބަށް ބިދޭސީ ކުޅުންތެރިން ހޯދުމަށްވެސް އެކްލަބުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. މިދިޔަ ސީޒަން ވިކްޓްރީ ނިންމާލީ ލީގުގެ ފަސް ވަނައިގައެވެ.