ވިޔަފާރި

އެމްޕީއެލްގެ 2021 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފި


މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.

މީރުމާ އިވެންޓް ހޯލްގައި ބޭއްވި މި ޖަލްސާގައި އެމްޕީއެލްގެ ބޯޑު ޑިރެކްޓަރުން ވަނީ ބައިވެރިވެފައެވެ.

އެމްޕީއެލްގެ އަހަރީ އާންމު ޖަލްސާގައި ސަރުކާރު ތަމްސީލުކުރެއްވީ މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރ އަނަސް އަބްދުއްސައްތާރެވެ. އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަރާތުން އޮޑިޓަރ ޖެނެރަލް އޮފީހުގެ ކޮންޓްރެކްޓް އޮޑިޓަރ ކޭޕީއެމްޖީގެ ފަރާތުންވެސް ބައިވެރިވެވަޑައިގަތެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ 2021 ވަނަ އަހަރު އެ ކުންފުނިން ކުރި މައިގަނޑު މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ކުންފުނީގެ އޮޕަރޭޝަންސްތައް އިތުރަށް ފުޅާކުރުމާއި، މުސްތަޤްބަލަށް ކުރަން ރާވާފައިވާ ތަރައްޤީގެ ޕްލޭންތަކުގެ މައުލޫމާތުވެސް ވަނީ ހިއްސާކުރައްވާފައެވެ.

މި ޖަލްސާގައި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓާއި، އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ވަނީ ފާސްކޮށްފައެވެ. މީގެއިތުރުން 2021 ވަނަ އަހަރުގެ ޑިވިޑެންޑް އަދި މުވައްޒަފުންގެ ބޯނަސްވެސް ވަނީ ފާސްކޮށްފައެވެ. އަދި މިއަހަރަށް ކުންފުނީގެ އޮޑިޓެއްވެސް ވަނީ ކަނޑައަޅާފައެވެ.