ޚަބަރު

"ހަސީން ދިލްރުބާ" 2 ވަނަ ބައެއް ނެރެނީ


މިދިޔަ އަހަރު ނެޓްފްލިކްސް އިން ދެއްކި ތާޕްސީ ޕަންނޫ އާއި ވިކްރާންތް މާސޭ ލީޑްރޯލުން ފެނުނު ފިލްމު "ހަސީން ދިލްރުބާ" ގެ ދެވަނަ ބައެއް އުފައްދަން ތައްޔާރުވެއްޖެއެވެ.

ނެޓްފްލިކްސް އަށް ގުޑުން އަރުވާލި ފިލްމެއްކަމަށް ގިނަ ބަޔަކު ބުނާ މި ފިލްމުގެ ސީކުއަލްގެ މަސައްކަތް މިހާރު ފަށާފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މި ފިލްމަށް ލިބިފައިވަނީ ކްރިޓިކުންގެ މަސްހުނި ރިވިއުތަކެކެވެ.

ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި އޮރިޖިނަލް ފިލްމުގެ ވާހަކަ ލިޔުންތެރިޔާ ކަނިކާ ދިލޯން މިހާރު ދަނީ އޮރިޖިނަލް ފިލްމު ނިންމާލި ހިސާބުން ފެށިގެން ވާހަކަ ކުރިއަށްގެންދަން ތައްޔާރުވަމުންނެވެ.

ވިކްރާންތު މަސީ އާއި ހާޝްވަރުދަން ރާނޭ ބަތަލުންގެ ރޯލު ކުޅެފައިވާ "ހަސީން ދިލްރުބާ" އަކީ ކަނިކާ ދިލަންގެ ސްކްރިޕްޓަކަށް ހެދި ފިލްމެކެވެ. އޭނާ އަކީ "މަންމަރުޒިޔާ" ގެ އިތުރުން ކަންގަނާ ރަނާވަތުގެ "ޖަޖްމެންޓަލް ހޭ ކިޔާ" އާއި ސާރާ އަލީ ޚާންގެ "ކޭދަރުނާތު" ގެ އިތުރުން ކިއާރާ އަދުވާނީގެ "ގިލްޓީ" ގެ ވެސް ސްކްރީން ރައިޓަރެވެ.

މި ފިލްމުގެ ގެ ޑައިރެކްޓަރަކީ 2014 ވަނަ އަހަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ސިދާތު މަލްހޯތުރާ އާއި ޕަރިނީތީ ޗޯޕްޅާއާ އެކު ގެނެސްދިން ފިލްމު "ހަސީ ތޯ ޕަސީ" ގެ ޑައިރެކްޓަރު ވިނިލް މެތިއު އެވެ.

"ހަސީން ދިލްރުބާ" އަކީ ޑައިރެކްޓަރު/ޕްރޮޑިއުސަރު އާނަންދު އެލް ރާއީގެ ކަލަ ޔެލޯ ޕްރޮޑަކްޝަނާއި ބުޝަން ކުމާރުގެ ޓީ ސީރީޒްގެ އިތުރުން އިރޯސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.