ކުޅިވަރު

ލީޑްސްގެ ޑިފެންޑަރު ފިލިޕްސް ސިޓީއަށް ބަދަލުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގެ ލީޑްސް ޔުނައިޓެޑަށް ކުޅޭ އިންގްލަންޑްގެ ކެލްވިން ފިލިޕްސް މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިއެވެ.

މައުލޫމާތުލިބިފައިވާގޮތުގައި ފިލިޕްސް ސިޓީއަށް ސޮއިކޮށްފައިވަނީ 45 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ފިލިޕްސްވަނީ ސިޓީ އާއި އެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ފިލިޕްސް ވެފައިވަނީ އާސީޒަނަށް ސިޓީއަށް ގެންދިޔަ ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ސިޓީއިންވަނީ އަރލިންގ ހާލަންޑާއި ސްޓެފަން އޯޓެގާ މޮރޭނޯ އެޓީމަށް ސޮއިކޮށްފައެވެ.

ފިލިޕްސް ހާމަކުރިގޮތުގައި އޭނާ ސިޓީއަށް ސޮއިކުރެވުމުން ވަރަށް ހިތްހަމަ ޖެހިފައިވާކަމަށެވެ. އަދި އަނެއްކާވެސް ސިޓީއިން މިވަނީ އެއީ އިންގްލަންޑްގެ އެންމެ މޮޅު ޓީމްކަން ސާބިތުކޮށްދީފައިކަމަށް އޭނާ ހާމަކުރިއެވެ. ލީޑްސްގައި ހޭދަކުރި އަށް ސީޒަންގައި ފިލިޕްސްވަނީ 235 މެޗް ކުޅެދީފައެވެ. އަދި ސިޓީއަށް މިބަދަލުވީ ލީޑްސް އާއި އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެއަހަރު އޮއްވައެވެ. ފިލިޕްސް ހާމަކުރިގޮތުގައި ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އާއި އޭނާގެ ކޯޗިންގ ސްޓަފުންނާޕއ ިއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން ސިޓީގައި އޮތް ފާހަގަ ކޮށްލެވޭ ޓީމާއެކު ކުޅުމުގެ ފުރުސަތު ލިބިގެންދިއުމުން އާދަޔާ ހިލާފު ހިތްހަމަ ޖެހުމެއް ލިބިގެން ގޮސްފައިވާކަމަށެވެ.