ޚަބަރު

އިސްލާމިކް މިނިސްޓަރ ޙައްޖަށް ފުރާވަޑައިގެންފި


1443ވަނަ އަހަރު އަމީރުލް ޙައްޖު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ޙައްޖަށް ފުރާ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ އަނބިކަނބަލުންވެސް ބައިވެރިވަޑައިގެންނެވިއެވެ.


1443 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖެއްސެވުމާ ގުޅިގެން ރާއްޖޭގެ ޙައްޖާޖީންގެ ކަންތައްތައް އެންމެ އިސްކޮށް ބަލަހައްޓަވާނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 453 މީހަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރާފައިވާއިރު ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕް ފުރީ ރޭގައެވެ.

ރާއްޖެއިން ޙައްޖަށް ފުރި ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަންއިން މަޢުލޫމާތުދެއްވައެވެ.