ޚަބަރު

ރައީސްގެ ދެކަނބަލުން މަދަމާ ޙައްޖަށް ފުރާވަޑައިގަންނަވަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްއާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އެ ދެ ކަނބަލުން ހައްޖަށް ވަޑައިގަންނަވަނީ އަމިއްލަފުޅު ދަތުރެއްގައި ކަމަށެވެ. ނަމަވެސް ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސާލިހު ހައްޖަށް ވަޑައިގަންނަވަނީ ރާއްޖެއަށް ލިބުނު ކޯޓާގެ ތެރޭގައެއް ނޫނެވެ.

ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މާދަމާ ފުރާވަޑައިގަންނަވާއިރު މިއަހަރުގެ އަމީރުލް ހައްޖު އިސްލާމިކް މިނިސްޓަރ މިހާރު ވަނީ ޙައްޖަށް ފުރާވަޑައިގެންފައެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 453 ޖާގައެވެ. އަދި ރާއްޖޭގެ ހުރިހާ ޙައްޖުވެރިންވެސް ޙައްޖުގެ އަޅުކަން އަދާ ކުރުމަށް މިހާރު ވަނީ މައްކާއަށް ގޮސްފައެވެ. ރައްޖޭގެ ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.