ކުޅިވަރު

މިއަހަރު ޓީސީގެ އަމާޒު ތަށްޓަކަށް


ޓީސީ ސްޕޯޓްސް ކުލަބްގެ
މިއަހަރުގެ އަމާޒަކީ ތިން ތަށީގެ ތެރެއިން އެއް ތަށި ހޯދުންކަމަށް ޓީސީ ސްޕޯޓްސް
ކުލަބުން ބުނެފިއެވެ. ޓީސީ ސްޕޯޓްސް ކުލަބްއިން ބުނީ އެޓީމްގެ ފަރިތަކުރުންތަށް ފަށާނީ
މިއަންނަ މަހުގައި އެފްއޭއެމްއިން ސީޒަނަށް ޓީމްތަށް ތައްޔާރުކުރުމަށް ބޭއްވުމަށް
ހަމަޖެހިފައިވާ މުބާރާތުންކަމަަށެވެ. މިމުބާރާތުގެ ކުރިން ޓީސީގެ ފަރިތަކުރުންތަަށް
ފެށުމުގެ ވިސްނުން އަދި ނުގެންގުނޭކަމަށްވެސް ޓީސީ ސްޕޯޓްސް ކުލަބްއިން
މަޢުލުމާތުދިނެވެ. ޓީސީއިންބުނީ މިދިޔަ އަހަރު އަލަށް ފުރަތަމަ ޑިވިޝަންއަށް
ޕްރޮމޯޓްވެ ލީގްގެ ދެވަނާގައި ނިންމާލުމަކީ ޓީސީއަށް ލިބުނު ކާމިޔާބީއެއްކަމަށެވެ. މިދިޔަ
ސީޒަންގައި ޓީސީއިންވަނީ ފުރަތަމަ ޑިވިޝަންގެ ޓީމްތަކާއެކު ވާދަވެރި މެޗްތަކެއް
ކުޅެ، ރަނގަޅު ނަތީޖާތަކެއްވެސް ހޯދާފައެވެ. މިދިޔަ އަހަރު ތަށްޓެއް ނުލިބުނުކަމަށްވީނަމަވެސް
މިއަހަރު ސީޒަންގެ ތިން ތަށީގެ ތެރެއިން އެއް ތަށި ހޯދުމަކީ މިއަހަރުގެ ޓީސީގެ
އަމާޒެވެ. މިއަހަރު ޓީސީއާ ގުޅިފައިވަނީ މިދިޔަ އަހަރު ނިއުއަށް ކުޅުނު އަލީ
ފާސިރުއާ އަހުމަދު އަބްދުﷲއެވެ. މީގެ އިތުރުން އެއް އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު ޝަންވީލް
ގާސިމްވެސް ވަނީ މިއަހަރު ޓީސީއަށް ކުޅެން ނިންމާފައެވެ. ޓީސީ ސްޕޯޓްސް ކުލަބްއިން
މަޢުލުމާތުދިން ގޮތުގައި ބިދޭސީ ކުޅުންތެރިންގެ ތެރެއިން ކެލާނީ މިއަހަރުވެސް
ފެންނާނީ ޓީސީއިންނެވެ. އަދި ޑިފެންސިވް މިޑްފީލްޑަރެއް ގެނައުމުގެ މަސައްކަތް މިހާރު
ކުރަމުންދާކަމަށާއި،  ފޯވާޑްލައިންއަށް ބިދޭސީ ކުޅުންތެރިއަކު ގެނައުމުގެ
ވިސްނުން ނެތްކަމަށް އެކްލަބުން ބުނެއެވެ.  މިއަންނަ
އަހަރުގެ އޭއެފްސީކަޕަށް ކޮލިފައިވެއްޖެނަމަ، ޓީމް އިތުރަށް ވަރުގަދަ
ކުރާނެކަމަށްވެސް ޓީސީ ސްޕޯޓްސް ކުލަބްއިން މަޢުލުމާތުދެއެވެ.