ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީގެ ހުރިހާ ޚިދުމަތެއް ކ އަތޮޅު ކައުންސިލުން !


ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންގެންދަވާ ހުރިހާ ޚިދުމަތެއް ކ. އަތޮޅު ކައުންސިލް އިދާރާއިން ދެއްވަން ފަށްޓަވައިފިއެވެ.މިކަމަށްޓަކައި ތުލުސްދޫގައި އިއްޔެ ބޭއްވެވި ރަސްމިއްޔާތެއްގައި މިކަން ފަށްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުއެވެ. މިހާރު ކ. އަތޮޅު ކައުންސިލުން އެއްގަމާއި ކަނޑު އުޅަނދުގެ ލައިސަންސާއި ރަޖިސްޓްރީއާއި ގުޅޭ ޚިދުމަތްތައް ލިބޭނެއެވެ. ކ. އަތޮޅު ކައުންސިލުން މި ޚިދުމަތްތައް ފެށުމާއެކު، ރާއްޖޭގެ އާބާދީގެ އަށްޑިހަ ޕޮއިންޓް ތިނެއް އިންސައްތަ ރައްޔިތުންނަށް އެއޮތޯރިޓީގެ ޚިދުމަތްތައް މިވަނީ ތަޢާރަފްކުރެވިފައެވެ.ޚިދުމަތްތައް ފަށްޓަވައިދެއްވާ މިނިސްޓަރ ސަޢީދު ވިދާޅުވީ، އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާއިން ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ މަސައްކަތްތަކެއް ހަލުވިކަމާއެކު ކުރައްވަމުން ގެންދަވާކަމަށެވެ.  އެގޮތުން މިދާއިރާ ރެގިއުލޭޓު ކުރުމުގެ މަސައްކަތްތައް އިލެކްޓްރޯނިކް ވިއުގައެއްގެ ތެރެއަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މީގެ އިތުރުން މިނިސްޓަރ ވަނީ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. އަދި އަތޮޅުތަކުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ސަޢީދު ވަނީ ތުލުސްދޫގައި އެއްގަމު އުޅަނދުގެ ޕްރެކްޓިކަލް ޓެސްޓު ހަދާ ސަރަޙައްދު ހުޅުއްވައިދެއްވައި، އެތަނުގައި ގަހެއް އިންދަވައި ދެއްވާފައެވެ.