ޚަބަރު

މޯލްޑިވްސް ލޭމްޕް އިން ސްކޫލްތަކަށް ޕީޕީއީ ހަދިޔާކޮށްފި


ރާއްޖޭގެ ސްކޫލްތަކަށް ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) އާއި ސާފުކުރުމަށް ބޭނުންކުރާނެ ސާމާނު މޯލްޑިވްސް ލޭމްޕް ގެ ދަށުން ހަދިޔާކޮށްފިއެވެ.

މި ތަކެއްޗާ ސްކޫލްތަކުން ޙަވާލުވެވަޑައިގެންނެވީ މާލޭގެ ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އެ ސްކޫލްތަކުގެ އެހެނިހެން އިސް ބޭފުޅުންނެވެ.

އަންނަ ދިރާސީ އަހަރު ސްކޫލްތައް ހުޅުވުމުގެ ކުރިން މިތަކެތި ސަރުކާރުން ހިންގާ 212 ސްކޫލަށް ފޯރުކޮށްދިނުމުގެ މަސައްކަތް މޯލްޑިވްސް ލޭމްޕް އިން މިހާރު ވަނީ ފަށާފައެވެ.


މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް "މޯލްޑިވްސް ލޭމްޕް" އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުވެފައިވާ ޕްރޮޖެކްޓެކެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއެކު މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ޙިއްޞާވެއެވެ. މި ޕްރޮޖެކްޓަށް ލިބިފައިވާ 3.1 މިލިއަން ޔޫ.އެސް ޑޮލަރު ނުވަތަ ސާޅީސް ހަތް މިލިޔަން އަށްސަތޭކަ ދެހާސް (47,802,000 ރުފިޔާ) ގެ ތެރެއިން މި ތަކެތި ގަތުމަށް ޚަރަދުވާނީ 1،538،830 (އެއް މިލިޔަން ފަސްސަތޭކަ ތިރީސް އަށްހާސް އަށްސަތޭކަ ތިރީސް ރުފިޔާ)އެވެ.