ދުނިޔެ

ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް ރަޝިޔާއިން މަސައްކަތް ކުރަނީ


ދުނިޔޭގެ ބާޒާރުގައި ވިއްކާ
ތެލުގެ އަގު އުފުލުމަށް އޯ.ޕެކްގެ ޤައުމުތަކުން އުފައްދާ ތެލުގެ މިންވަރު
މަދުކުރުމާއި ބެހޭ ގޮތުން އެ އިއްތިހާދާއި މާޝްވާރާ ކުރުމަށް ރަޝިޔާއިން ނިންމައިފިއެވެ.

ރަޝިޔާގެ ދައުލަތުގެ ހިއްސާ
އޮންނަ ތެޔޮ އުފައްދާ ކުންފުނި ޓްރާންސްނެފްޓްގެ އިސްވެރިޔާ ނިކޮލައި ޓޮކޮރޭވް
ވިދާޅުވީ، އޯޕެކްގެ ޤައުމުތަކުން އުފައްދާ ތެލުގެ މިންވަރު މިއަހަރު މަދުކުރުމާއި ބެހޭ ގޮތުން އެ އިއްތިހާދާ ސަޢޫދީ ޢަރަބިއްޔާއާއިއެކު މަޝްވަރާތައް ކުރާނެ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ވިއްކާ
ތެލުގެ އަގު ވޭތުވެ ދިޔަ އަހަރު އެތަށް ގުނައަކަށް ދަށްވެފައިވާއިރު، މިފަދަ
ބަދަލެއް އައިސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލަށް އޮންނަ ޑިމާންޑަށް ވުރެ
ގިނައިން އޯ.ޕެކްގެ ޤައުމުތަކުން އުފައްދާ ތެލުގެ މިންވަރު އިތުރުވުމުންދާ ކަމަށް
ތަޖުރިބާކާރުން ބުނެއެވެ. ތެލުގެ އަގު ދަށްވުމުގެ
ސަބަބުން ރަޝިޔާގެ އިޤްތިސާދު ވަނީ އެތަށް ގުނައަކަށް ހީނަރުވެފައެވެ.