ދުނިޔެ

އެޕަލްގެ ވިޔަފާރި ދަށަށް ދާނެ ކަމަށް ބުނެފި


މިދިޔަ އަހަރުގެ ފަހު 3 މަސް
ދުވަހު އެމެރިކާގެ އެޕަލް ކުންފުނީގެ ވިޔަފާރީ ހީނަރުވެފައިވާ ކަމަށާއި މިއީ 2007
ވަނަ އަހަރު އެކުންފުނީގެ އައިފޯނު ނެރުނު ފަހުން ވިޔަފާރި ހީނަރުވި ފުރަތަމަ
ފަހަރުކަމަށް އެޕަލްއިން ހާމަކޮށްފައެވެ.





އެޕަލްއިން ބުނެފައިވަނީ މި
ހީނަރުކަމުގެ ސަބަބުން އައިފޯނު ވިޔަފާރިއަށް މިއަހަރު އޭގެ އަސަރުކުރާނެ ކަމަށެވެ. މި ގޮތުން މި އަހަރުގެ
ފުރަތަމަ ކުއަޓަރުގައި ލިބޭނީ ފަންސާހާ ފަންސާސް ތިން ބިލިއަން ޑޮލަރާއި ދެމެދުގެ
އާމްދަނީއެއް ކަމަށާއި މިދިޔަ އަހަރުގެ މިމުއްދަތުގައި 58 ބިލިއަން ޑޮލަރުގެ
އާމްދަނީއެއް އެކުންފުންޏަށް ލިބިފައިވާ ކަމަށެވެ.





މިދިޔަ އަހަރުގެ ފުރަތަމަ
ކުއާޓަރުގައި ވިކިފައިވަނީ 74.8 މިލިއަން
އައިފޯނު ކަމަށް އެޕަލްއިން ބުނެއެވެ. 2014
ވަނަ އަހަރުގެ މި މުއްދަތުގައި 74.5 މިލިއަން
އައިފޯނު ވިކިފައިވާ ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.