ޚަބަރު

ކާތިކަށް ހަދިޔާއަކަށް އަގުބޮޑު ސްޕޯޓްސް ކާރެއް


އަރަމުން އަންނަ ބޮލީވުޑް ތަރި ކާތިކް އާރިޔަން ލީޑް ރޯލުން ފެނުނު "ބޫލް ބުލައްޔާ 2" ގެ ބޮޑު ކާމިޔާބީ ފާހަގަކުރަމުންދާއިރު ފިލްމުގެ ޕްރޮޑިއުސަރު ބޫޝަން ކުމާރު ކާތިކަށް ދިނީ ވަރަށް އަގުބޮޑު ހަދިޔާއެކެވެ.

ކާތިކަށް ބޫޝާން ދިނީ ކްލެރާން ޖީޓީގެ ސްޕޯޓްސް ކާރެކެވެ. އޮރެންޖު ކުލައިގެ މި ކާރުގެ އަގުއުޅެނީ 4 ކްރޯޑް ރުޕީސް އަށްވުރެވެސް މަތީގައެވެ.

2018 ވަނަ އަހަރު ދެއްކި ކާތިކް ބޮލީވުޑަށް ތަޢާރަފްވި ފިލްމު "ސޯނޫ ކީ ޓީޓޫ ކީ ސްވީޓީ" އިން ފެށިގެން އެންމެ ފަހުން ދެއްކި ބްލޮކްބާސްޓާ ފިލްމު "ބޫލް ބުލައްޔާ 2" އާއި ހަމައަށްވެސް ކާތިކް ގެނެސްދިން ހިޓް ފިލްމުތަކުގެ ސަބަބުން ބޫޝާން އާއި ކާތިކްގެ އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެކެވެ.

ކާތިކްގެ ކުރިއަށް އޮތް ފިލްމު "ޝެހެޒާދާ" އަކީވެސް ބޫޝަން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މީގެއިތުރުންވެސް ގިނަ ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ.

މި ކާރާއެކު ކާތިކްގެ ގަރާޖުގައި ބީއެމްޑަބްލިޔު 5 ސީރީޒް އަކާއި، މިނީ ކޫޕާ އެސް ކޮންވާޓިބަލް އެއް، ޕޯޝާ 718 ބޮކްސްޓާ އެއް އަދި ކާތިކް އެންމެ ގަޔާވާ ލަމްބޮގިނީ އޫރޯސް ކެޕްސޫލް އެޑިޝަން ކާރެއްވެސް އެބައޮތެވެ.

ކާތިކްގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި މިއަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ހަންސަލް މެހެތާގެ "ކެޕްޓަން އިންޑިއާ"، އަންނަ ޑިސެމްބަރުގައި ސިނަމާތަކަށް ގެންނަ ފިލްމު "ދޯސްތާނާ 2"، އަންނަ އަހަރު ފެބްރުއަރީ މަހު ގެނެސްދޭ ޝަޝަންކާ ގޯޝްގެ "ފްރެޑީ" އަދި އަބީޝެކް ޖެއިން ޑައިރެކްޓުކުރާ "ކިރިކް ޕާޓީ" ގެ ރީމޭކް ހިމެނެއެވެ.