ދުނިޔެ

ރެފިއުޖީންގެ އަދަދު މަދުކުރުމަށް ޑެންމާކުން ޤާނޫނެއް ފާސްކޮށްފި


ވިލާތުގެ ޤައުމެއް ކަމަށްވާ ޑެންމާކަށް ވަންނަ ރެފިއުޖީންގެ އަދަދު މަދުކުރުމުގެ ވިސްނުމުގައި ހަރުކަށި އިމިގްރޭޝަން ޤާނޫނެއް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.މި ޤާނޫނު ބުނާ ގޮތުން ޑެންމާކަށް ރެފިއުޖީންގެ ގޮތުގައި ވަންނަ ފަރާތްތަކަށް އަމިއްލަ މުދަލުގެ ގޮތުގައި ގެންގުޅެވޭނީ 1,450 އެމެރިކާ ޑޮލަރަށް އަގުކުރެވޭ މުދާ ކަމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މިއަށްވުރެ އިތުރުވާ މުދާ ނައްތާލަން ޖެހޭ ކަމަށްވެސް ޑެންމާރކުން ފާސްކުރި ޤާނޫނުގައި ބުނެއެވެ.ސަރުކާރުން އެކުލަވާލި މިޤާނޫނުގެ ދިފާޢުގައި ޑެންމާކްގެ އިމިގްރޭޝަން މިނިސްޓަރ އިންގަރ ސްޓޯޖްބަރގް ވިދާޅުވީ، ރެފިއުޖީންގެ މައްސަލަ ހައްލުކުރުމަށް ޑެންމާކްއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި އެކަން ބަލައިގަންނަން ޖެހޭ ކަމަށެވެ. ހުސްވި 2015 ވަނަ އަހަރު މެދުއިރުމަތީގެ ޤައުމުތަކާއި އެފްރިކާގެ ޤައުމުތަކުން 20,000 ރެފިއުޖީން ޑެންމާރކަށް ވަދެފައިވެއެވެ.