ދުނިޔެ

ރަމާދީއިން 40 ހަށިގަނޑު ވަޅުލާފައި އޮތް ވަޅުގަނޑެއް ފެނިއްޖެ


އިރާޤުގައި ހަރަކާތްތެރިވާ އައި.އެސް ހަނގުރާމަވެރިންގެ އަތްދަށުން ދާދި ފަހުން މިނިވަން ކުރި ރަމާދީގެ ސަރަޙައްދަކުން 40 ށް ވުރެ ގިނަ ހަށިގަނޑު ވަޅުލާފައިވާ ވަޅުގަނޑެއް ފެނިއްޖެއެވެ.މިކަމާއި ބެހޭ ގޮތުން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިޔަރ ޖެނެރަލް ސަޢާދް މަޢާން ވިދާޅުވީ، މި ވަޅުގަނޑުގައި ވަނީ ރަމާދީގެ ފުލުހުންނާއި ޢާއްމުންގެ ހަށިތައް ކަމަށާއި މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށެެވެ. އޭނާ ވިދާޅުވީ، މިއީވެސް އައި.އެސް ޖަމާޢަތުން ހިންގާފައިވާ ޖަރީމާއެއް ކަމަށާއި ރަމާދީގެ އެތަށް ސަރަހައްދެއްގައި އައި.އެސް ޖަމާޢަތުން މިފަދަ ޖަރީމާތައް ހިންގާފައިވާ ކަމަށެވެ.ރަމާދީއިން އައި.އެސް ހަނގުރާމަވެރިން މުޅިން ފައްސާ ނުލެވޭކަމަށް އިރާޤުގެ ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ. އަދި މި އޮޕަރޭޝަން ފުރިހަމަ ކުރުމަށް އެފަރާތްތަކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.